ENGLISH

01 މޭ 2026

Advertisement

ކުރިމަތިފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 30 ދުވަސް

01 މޭ 2026

|

ހަނާން އަހުމަދު ނައީމް

ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި

ކުރިމަތިފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން އެތެރެކުރަން އުޅުނު މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ކުރިމަތިފަރާތުގައި މަސްތުވާތަކެތި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިވެހި އަންހެނެކެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ބުރާސްފަތި ދުވަހު، 30 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އެ އަންހެންމީހާ އެކްސްރޭކޮށް ބެލިބެލުމުން އޭނާގެ ކުރިމަތިފަރާތުގައި އެއްޗެއް ފޮރުވާފައި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން، އެއީ ކޮކޭން ކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އޭނާ ލައިގެން ހުރި ޖީންސާއި ހަށިގަނޑާ ދޭތެރޭގައި ފޮރުވާފައި އޮތް ޕްލާސްޓިކް ކޮތަޅެއް ފުލުހުން ވަނީ ހޯދާފައެވެ. އެ ކޮތަޅުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 30 ރަބަރު ކޮތަޅު ފެނިފައިވެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނުގައި 31 ގްރާމް ހުރި ކަމަށް ފުލުހުންގެ ތަހުގީގުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު