ENGLISH

01 މޭ 2026

Advertisement

އެމްޑީޕީ މުޒާހަރާތަކުން ލިބެނީ ރައްޔިތުންގެ މަލާމަތް، ހުއްޓާލަންޖެހޭ: ފައްޔާޒް

01 މޭ 2026

|

އަޙުމަދު ޙަމީދު

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް

އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުން ލިބެނީ ރައްޔިތުންގެ މަލާމާތް ކަމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުންނަށް ޚާއްސަ ގުރޫޕްގައި ލިޔުނު މެސެޖެއްގަ އެވެ. އެ މެސެޖު ފައްޔާޒު ލިޔެފައިވަނީ "ކުއްލި ހަރުގެ ޖަލްސާ" އެއް މިރޭ ބޭއްވުމަށް ނިންމާ އެކަމާއި ގުޅޭ ޕޯސްޓަރެއް އެ ގުރޫޕްގައި ހިއްސާކުރުމުންނެވެ.

ފައްޔާޒު ވަނީ އިތުރަށް ރައްޔިތުންގެ މަލާމާތް އެމްޑީޕީއަށް ލިބޭނެތީ އެކަން ކުރަން ނުފެންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ޗެއާޕާސަން އިންތިޚާބަށް ފަހު ނޫނީ ދެން މުޒާހަރާ ކުރަން ނުފެންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ މިރޭ އެކަން ކޮށްފިނަމަ އެއީ އެމްޑީޕީގެ މެންބަރުން މޫނުމަތީ ތަފާލަކުން ޖެހުން ކަމަށް ވިދާޅުވެފަ އެވެ. ފައްޔާޒުގެ އެ މެސެޖެއް ކުރީގެ ރައީސް ނަޝީދު ވަނީ ތާއީދު ކޮށްފަ އެވެ.

އެމްޑީޕީން ދަނީ ސަރުކާރާއި ދެކޮޅަށް ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ. މަދު ބަޔަކު ބައިވެރިވާ އެ މުޒާހަރާތަކުގައި ދަނީ ހުތުރު ބަސްމަގު ބޭނުން ކުރަމުންނެވެ. އަދި ގަދައަށް ލަވަ ޖަހާ ބައެއް މީހުން ހުތުރު ވައްތަރުތައް ޖަހާ ނަށާ ވެސް ޖަހަ އެވެ. އެކަމުގެ ސަބަބުން އެތައް ބަޔަކު ދަނީ އެ ހަރަކާތަށް ފާޑުކިޔަމުންނެވެ.

އަދި އެގޮތަށް ކޮންމެ ރެއަކު މަގުތައް ބަންދުކޮށްގެން އެކަންކަން ކުރުމުން އެތައް ބަޔަކަށް ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ.

ކިޔުންތެރިންގެ ހިޔާލު