ENGLISH

01 މޭ 2026

Advertisement

ޗައިނާގައި، މާސްޓަރސްއާއި ޕީއެޗްޑީއަށް ކިޔެވުމުގެ 40 ފުރުޞަތަށް ހުޅުވާލައިފި

01 މޭ 2026

|

އައިމިނަތު ޝަފާ

މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންތަކެއް

ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ފަރާތުން ރާއްޖެއަށް ދީފައިވާ 40 ސްކޮލަރޝިޕަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ހުޅުވާލައިފި އެވެ.

މި ސްކޮލްރޝިޕް ޕްރޮގްރާމުގެ ދަށުން ދެނީ މަސްޓަރސްއަށް ކިޔަވަން 30 ޖާގައާއި ޕީއެޗްޑީއަށް ކިޔަވަން 10 ޖާގައެވެ.

މި ސްކޮލަރޝިޕްގައި ކިޔެވޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން އޮފަރކުރާ ދާއިރާތަކުންނެވެ.

މި ސްކޮލަރޝިޕަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން އެ މިނިސްޓްރީއިން ނޮމިނޭޓް ކުރި ނަމަވެސް ފައިނަލް ސެލެކްޝަން ހަދާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުން ކަމަށް މަތީ ތައުލީމާ ބެހޭ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ އާއި އެކޮމޮޑޭޝަނާއި މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދެއެވެ.

އެ އިއުލާނާއެކު ހިމަނާފައިވާ މައުލޫމާތު ޝީޓްގައި ބުނެފައިވާގޮތުން، ކެންޑިޑޭޓުން ކިޔަވަންދާން ކަނޑައެޅޭ ޔުނިވަރސިޓީއެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުން ކަމަށާއި ސްކޮލަރޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުން ކިޔަވަންޖެހޭ ބަހެއް ކަނޑައެޅޭނީ ޗައިނީޒް ސްކޮލަރ ޝިޕް ކައުންސިލްއިން ޕްލޭސްމަންޓް ފޮނުވުމުންނެވެ. ޕްލޭސްމަންޓް ލިބޭ ޔުނިވަރސިޓީގެ ގޮތުން ބައެއް ފަހަރު މުޅި ކޯސް ޗައިނީޒް ބަހުން ވެސް ކުރިއަށް ގެންދަން ޖެހިދާނެ ކަމަށާއި ޗައިނީޒް ބަހުން ކޯސް ފުރިހަމަ ކުރަންޖެހޭނަމަ އެކެއް ނުވަތަ ދެ އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރަން ޖެހެއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕްގެ ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި މި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރު ޞަތު ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ. އަދި އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މަތީ ތައުލީމާ ބެހޭ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި ސްކޮލަރޝިޕަށް ނޮމިނޭޓްކުރެވޭ ކެންޑިޑޭޓުން މި މިނިސްޓްރީން އެންގުމުން ޗައިނީޒް ސްކޮލަރޝިޕްގެ އޮންލައިން އެޕްލިކޭޝަން ،ފޯމާއި އެފޯމާއިއެކު ހުށަހަޅަންޖެހޭ އްސެޓްފިކެޓްތައް 14 މޭ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ މިނިސް ޓްރީއަށް ހުށަހަޅަން ޖެހެއެވެ.

އެޕްލިކޭޝަން ހުށައަޅަން ޖެހެނީ 11 މޭ 2026 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ކުރި ޕޯޓަލް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު