ENGLISH
30 އޭޕްރީލު 2026
އދ. ފެންފުށީގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށް
30 އޭޕްރީލު 2026
|
އދ. ފެންފުށީގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު /ފޮޓޯ:އާރްޑީސީ
އެންމެ މަޤްބޫލު
އދ. ފެންފުށީގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރުގައި ޕޯސްޓުގައި މިހާރު ކުރަމުންދަނީ ޜޫފް ބީމްގެ މަސައްކަތް ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފި އެވެ.
ފެންފުށީ ޕޮލިސް ޕޯސްޓުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޮކްޓޫބަރު މަހެވެ.
ފެންފުށީގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓުގެ އިތުރުން އެ ރަށުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތެއް ހެދުމާއި ވޮލީ ކޮޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް، ގާނޫނު ނެގެހެއްޓުމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.