ENGLISH
30 އޭޕްރީލު 2026
މުލީ ފިޓްނަސް ސެންޓަރުގެ ފުރާޅުގެ ޓްރަސް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދަނީ
30 އޭޕްރީލު 2026
|
މުލީ ފިޓްނަސް ސެންޓަރުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދު/ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
މ. މުލީގައި އިމާރަތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ ޕްރޮޖެކްޓް ސައިޓުގައި މިހާރު ކުރިއަށްދަނީ ފުރާޅުގެ ޓްރަސް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
މުލީ ފިޓްނަސް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މާރިޗް 29، 2025ގަ އެވެ. މި މަޝްރޫއަށް 4.6 މިލިއަންއަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ވުޒާރާއިން ވަނީ ބުނެފަ އެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ބިނާކުރުމެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދިވެހިން އަހުލުވެރިކުރުވައި، ސިއްހީ ގޮތުން ލާބަހުރި މުޖުތަމައެއް ބިނާކުރުމެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގޭ ތަރައްޤީގެ ތަފާތު މަޝްރޫޢުތަކުގައި އެމްޓީސީސީން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.