ENGLISH

30 އޭޕްރީލު 2026

Advertisement

މުވައްޒަފުން ތަމްރީނުކުރަން ސިންގަޕޯރ ޔުނިވާރސިޓީއާ އެކު ބީއެމްއެލް އިން އެމްއޯޔޫއެއްގައި ސޮއިކޮށްފި

30 އޭޕްރީލު 2026

|

ފާތުމަތު އަދާ

މުވައްޒަފުން ތަމްރީނު ކުރުމަށް އެސް.އެމް.ޔޫ އާއެކު ބީ.އެމް.އެލް އިން އެމް.އޯ.ޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ: ބީއެމްއެލް

މުވައްޒަފުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްގީ ކުރުމަށާއި ފަންނީ ތަމްރީނުތައް ކުރިއެރުވުމަށް ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީ (އެސްއެމްޔޫ) އާ އެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލް އެކަޑަމީ އާއި އެސްއެމްޔޫ އެކަޑަމީ ގުޅިގެން، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތަކާއި މަޢުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގައި ވަރުގަދަ ލީޑަރޝިޕެއް އުފެއްދުމަށާއި މުޅި މުއައްސަސާގެ ފަންނީ ހުނަރުތައް ކުރިއެރުވުމަށް ބޭންކުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ދެ ފަރާތުގެ މި ގުޅުމުގެ ދަށުން ބީއެމްއެލްގެ 40 މުވައްޒަފަކު މިދިޔަ އަހަރު ވަނީ ލީޑަރޝިޕް ޕްރޮގްރާމްތައް ފުރިހަމަ ކޮށްފައެވެ. އަދި މި ޕާޓްނަރޝިޕް ފުޅާވަމުންދާއިރު، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ތަމްރީނުތައް ކުރިއަށްދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ މުވައްޒަފުން ތަރައްގީކުރުމަށާއި މުޅި މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރަމުންނެވެ. މިއީ ބޭންކުން ގެންނަ ހެޔޮ ބަދަލުތަކަށާއި، ފެންވަރު ރަނގަޅު ބޭންކިންގ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ބޮޑު އެހީތެރިކަމެކެވެ. ބީއެމްއެލް އެކެޑަމީ މެދުވެރިކޮށް، ބޭންކުން އަންނަނީ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު