ENGLISH

24 ޖުލައި 2026

Advertisement

ޑި ޔޯންގެ ކަކުލަށް ސީރިއަސް އަނިޔާއެއް، ގިނަ ދުވަސްތަކަކަށް ކުޅުމާ ދުރަށް

23 ޖުލައި 2026

|

އިސްމާއިލް ޝާހު

ފީފާ ވޯލްޑް ކަޕުގެ ތެރެއިން ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން --- ފޮޓޯ: ރޮއިޓަރސް

ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯންގެ ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ހަފުތާތަކުގައި އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެއެވެ.

ބާސެލޯނާއިން ހާމަކޮށްފައިވާ ގޮތުގައި، ޑި ޔޯން ފީފާ ވޯލްޑް ކަޕް 2026 ނިންމާލުމަށްފަހު އެނބުރި ކުލަބާ ގުޅުނީ ކަކުލުގެ ލިގަމެންޓް އިރައިގެންގޮސްފައިވާ ހާލަތުގައެވެ.

އުމުރުން 29 އަހަރުގެ ޑި ޔޯން ވޯލްޑް ކަޕުގެ މެޗުތަކުގައި ކުޅެފައިވަނީ ކަކުލުގައި ވަރުގަދަ ބެންޑޭޖެއް އަޅައިގެންނެވެ. ނެދަލެންޑްސް މުބާރާތުން ކެޓީ ދެވަނަ ބުރުގައި މޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމާ ގުޅިގެންނެވެ.

"މި އަނިޔާއަކީ ފުރަތަމަ ހީކުރި ވަރަށް ވުރެ ސީރިއަސް އަނިޔާއެއް. ނަމަވެސް ނަސީބަކުން މި ވަގުތު އޮޕަރޭޝަނެއް ކުރާކަށް ނުޖެހޭ. މިހާރު އަޅުގަނޑުގެ މުޅި ސަމާލުކަން ހުރީ އަވަހަށް ރަނގަޅުވެ، އަލުން ކުޅުމަށް އެނބުރި އައުމަށް،" އިންސްޓަގްރާމް މެދުވެރިކޮށް ޑި ޔޯން ބުނެފައިވެއެވެ.

ބާސެލޯނާއިން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ކާމިޔާބުކުރުމަށް ކުރާ މަސައްކަތް ފަށާނީ އަންނަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހު އެލްޗޭއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. 

ކިޔުންތެރިންގެ ހިޔާލު