ENGLISH

24 ޖުލައި 2026

Advertisement

އޭސީ މިލާނުގެ އެއްބަސްވުން މޮޑްރިޗް އައުކޮށްފި

23 ޖުލައި 2026

|

އިސްމާއިލް ޝާހު

އޭސީ މިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް --- ފޮޓޯ: ރޮއިޓަރސް

އޭސީ މިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް، އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އައުކޮށްފިއެވެ.

އުމުރުން 40 އަހަރުގެ މޮޑްރިޗް މިދިޔަ އަހަރު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މިލާނާ ގުޅުނު ފަހުން، އެ ޓީމަށް މިހާތަނަށް 37 މެޗު ކުޅެދީ ދެ ލަނޑު ވަނީ ކާމިޔާބުކޮށްދީފައެވެ. 2018 ވަނަ އަހަރުގެ ބަލޮންޑޯ އެވޯޑު ކާމިޔާބުކުރި މޮޑްރިޗަކީ ރެއާލް މެޑްރިޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށް، އެ ކުލަބާއެކު 28 ތަށި ހޯދާފައިވާ ކުޅުންތެރިއެކެވެ.

ކްރޮއޭޝިއާގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ މޮޑްރިޗް ވަނީ ޤައުމީ ޓީމަށް 202 މެޗު ކުޅެދީ 29 ލަނޑު ޖަހައިދީފައެވެ. މި އަހަރުގެ ފީފާ ވޯލްޑް ކަޕަކީ އޭނާ ޤައުމީ ޓީމަށް ކުޅެދިން 10 ވަނަ ބޮޑު މުބާރާތެވެ. މި މުބާރާތުގެ ދެވަނަ ބުރުން ކްރޮއޭޝިއާ ކެޓީ ޕޯޗުގަލް އަތުން ބަލިވުމުންނެވެ.

ޔޫރަޕުގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ މިލާނުން މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ނިންމާލީ ފަސްވަނައިގައެވެ. އެހެންކަމުން ޓީމުގެ ނަތީޖާތައް ރަނގަޅުކޮށް ކާމިޔާބީގެ މަގަށް ރުޖޫއަވުމަށްޓަކައި އެ ކުލަބުން މިހާރު ވަނީ މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު ރުބެން އަމޮރިމްއާ ޓީމު ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު