ENGLISH

30 އޭޕްރީލު 2026

Advertisement

މާލޭގައި އިސްލާމިކް ބޭންކުގެ އިތުރު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތް ފަށައިފި

30 އޭޕްރީލު 2026

|

ޢަލީ ޝަހީމް

އިސްލާމިކް ބޭންކުގެ އާ އޭޓީއެމް އޯކިޑްމަގުގައި ބެހެއްޓުން. ފޮޓޯ: އިސްލާމިކް ބޭންކް

މާލޭގައި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިތުރު އޭޓީއެމްއެއް ބަހައްޓައި ޚިދުމަތް ފަށައިފިއެވެ. 

އިސްލާމިކް ބޭންކުގެ ޚިދުމަތްތައް މާލޭގައި ފުޅާކުރުމުގެ ގޮތުން، އޯކިޑްމަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި އައު އޭޓީއެމް ހުޅުއްވައިދެއްވީ، އެ ބޭންކުގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު ރިޒާއެވެ.

މިއީ 24 ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ބަހައްޓާފައިވާ އޭޓީއެމްއެކެވެ. މިގޮތުން މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރު ވެސް ޖަމާކުރުމާއި ނެގުމުގެ ފުރުސަތު ފަހިވެފައިވެއެވެ. 

އިސްލާމިކް ބޭންކުގެ އޭޓީއެމް ބެހެއްޓި ސަރަޙައްދަކީ ގިނަ އޮފީސްތަކާއި ޖެޓީތައް ހިމެނޭ ސަރަޙައްދެކެވެ. މި ޚިދުމަތާ އެކު އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. 

އިސްލާމިކް ބޭންކުން ގެންދަނީ އެ ބޭންކުގެ ޚިދުމަތްތައް މާލެ ސަރަޙައްދާއި އަތޮޅުތެރޭގައި ވެސް ފުޅާކުރަމުންނެވެ. މިގޮތުން މާލެ ސަރަޙައްދުގައި އޭޓީއެމް ބަހައްޓާއިރު، އަތޮޅުތެރޭގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ އިތުރުން އެ ބޭންކުގެ ބްރާންޗުތަކުގެ މަސައްކަތް އަންނަނީ ފުޅާކުރަމުންނެވެ. 

މިއީ އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ބޭންކުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު