ENGLISH
30 އޭޕްރީލު 2026
ފީއަލީގައި ކަރަންޓްގައި ޖެހުނު ދެބެންގެ ހާލު ރަނގަޅު
30 އޭޕްރީލު 2026
|
ކަރަންޓްގައި ޖެހުނު ދެ މީހުން އިތުރު ފަރުވާއަށް ނިލަންދޫއަށް ފުރުވާލަނީ -- ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ފ. ފީއަލީގައި ކަރަންޓްގައި ޖެހުނު ދެބެންގެ ހާލުވެސް ރަނގަޅުކަމަށް، ފ. ނިލަންދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.
ފީއަލީގައި އިއްޔެ ހިނގި ހާދިސާގައި އެ ރަށު ވެލްކަމްގޭގެ ދެބެއިންނަށް ވަނީ އަނިޔާވެފަ އެވެ. އެ ދެ މީހުންނަށް އަނިޔާވީ ފުރާޅުމަތީން ފައިބަނިކޮށް ކަރަންޓްގައި ޖެހިގެންނެވެ. ބެލެވޭ ގޮތުން އެ މީހުން ކަރަންޓްގައި ޖެހުނީ ފުރާޅުން ފައިބާން އުޅުމުގެ ތެރޭގައި މަގުމަތީ ހޮޅިދަނޑިއެއްގައި ޖެހުމުންނެވެ.
މި ދެބެއިން އިތުރު ފަރުވާއަށް ނިލަނދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު އެވެ.
ފ. އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، އެ ދެބެއިން ހޮސްޕިޓަލަށް ގެނައިއިރު ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި މިހާރު ދެބެންގެ ހާލުވެސް ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.
ކަރަންޓްގައި ޖެހި ބިންމައްޗަށް ވެއްޓި އެކެއްގެ ކަނދުރާ ވަނީ ބިނދިފަ އެވެ. އަދި އެކެއްގެ ބޯ ވެސް ފަޅައިގޮސްފައިވާ ކަމަށް އެނގިފައިވެ އެވެ.
މި ހާދިސާގައި ފަރުވާދެމުން އަންނަނީ 27 އަހަރާއި 23 އަހަރުގެ ފިރިހެނަކަށެވެ.