ENGLISH
29 އޭޕްރީލު 2026
އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން 2183 ޑެންގީ ކޭސް ރިޕޯޓްކޮށްފި
29 އޭޕްރީލު 2026
|
ޑެންގީ ކޭސް ރިޕޯޓް ކުރާ މިންވަރު އިތުރުވުން-- ފޮޓޯ: ކޮންޓިނެންޓަލް ހޮސްޕިޓަލް
އެންމެ މަޤްބޫލު
އަހަރުގެ މިހާތަނަށް މުޅި ރާއްޖެއިން 2،183 ޑެންގީގެ ކޭސް ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، މިއަހަރު ޑެންގީ ކޭސްތައް ރިޕޯޓްކުރެވެމުން އަންނަ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ހަތަރު މަހު 374 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ އިރު، މި އަހަރުގެ މިހާތަނަށް 2،183 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ.
މިއަހަރު ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ އަދަދުތައް:
މިދިޔަ އަހަރު ޑެންގީ ކޭސް ރިޕޯޓްކޮށްފައިވާ އަދަދުތައް:
މި އަހަރުގެ މިހާތަނަށް އަތޮޅުތަކުން ރިޕޯޓް ކޮށްފައިވާ ކޭސްތަކުގެ އަދަދު ގިނަ ކަން ފާހަގަކޮށްލަން ޖެހެ އެވެ. އެގޮތުން މާލެއިން 370 ކޭސް ރިޕޯޓްކޮށްފައިވާ އިރު އަތޮޅުތެރެއިން 1813 ކޭސް ރިޕޯޓްކޮށްފައިވެ އެވެ.
އެޗްޕީއޭ އިން ބުނީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބަލިން ރައްކާތެރިވުމަށްޓަކައި އެންމެ މުހިންމު ކަމަކީ މަދިރި އުފެދޭ ތަންތަން ނައްތާލުމާއި، މަދިރިން ރައްކާތެރިވުން ކަމަށެވެ. ބަލި ޖެހިއްޖެ ހާލަތެއްގައި ޞިއްޙީ އެހީތެރިންގެ އިރުޝާދާއި އެއްގޮތަށް އަވަހަށް ފަރުވާ ހޯދުމަށް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފަ އެވެ.