ENGLISH
29 އޭޕްރީލު 2026
ބާރަށް ގުގުރާނެ ކަމަަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފި
29 އޭޕްރީލު 2026
|
ގަދަވިދުވަރާއެކު މާލެ ސަރަހައްދަށް މިރޭ ވަނީ ހޮނު އަޅާފައި -- ފޮޓޯ؛ ހަމަދު
އެންމެ މަޤްބޫލު
ބާރަށް ގުގުރާނެ ކަމަަށް ލަފާކޮށް ކ އަތޮޅުން ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ މާލެ ސަރަޙައްދަށް މޫސުން ގޯސްވެފައިވާ ކަމަށެވެ. އެހެން ކަމުން މޫސުމީ އިންޒާރު ނެރެފައިވާ ކަމަށް ވެސް ބުންޏެވެ.
މެޓުން ވަނީ ކ އަތޮޅުން ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފަ އެވެ. މެޓް އޮފީހުން ބުނި ގޮތުގައި އެ އަތޮޅުތަަކަށް ބާރަށް ގުގުރާނެ ކަމަށް ލަފާ ކުރެވެ އެވެ. މިރޭ މާލެއާ ހުޅުމާލެއަށް ވަނީ ވާރޭވެހިފަ އެވެ.
އަދި ގަދައަށް ގުގުރުމާއެކު ވަރަށް ބޮޑަށް ވިދާފައިވެ އެވެ. ހުޅުމާލެއަށް ހޮނުވެސް އެޅި އެވެ. ބައެއް ގެތަކުން ކަރަންޓް ވެސް ކަރަންޓް ވެސް ކެނޑުނެވެ. އަދި ބައެއް އިމާރާތްތަކަށް ގެއްލުންވެސް ވި އެވެ.