ENGLISH
29 އޭޕްރީލު 2026
ނޫސްވެރިކަމުގައިވެސް ކޮންމެސް ވަރެއްގެ ހައްދެއް، އިމެއް އޮންނަންވާނެ: މަހްލޫފް
28 އޭޕްރީލު 2026
|
ކުރީގެ ޔޫތު މިނިސްޓަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު މަޚްލޫފް --
އެންމެ މަޤްބޫލު
މީޑިއާގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގައިވެސް ކޮންމެސް ވަރެއްގެ ހައްދެއް އަދި އިމެއް އޮންނަންވާނެ ކަމަށް ކުރީގެ ޔޫތު މިނިސްޓަރު އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެ އެވެ.
މަޚްލޫފް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް މީހަކު ދެއްކި ވާހަކަތަކެއްގެ ތެދުދޮގު ބެލުމެއް ނެތި ހުތުރު ވާހަކަތަކެއް ނޫހަކުން ފެތުރި މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް އެ ނޫހުގެ އިދާރާ ބަލާ ފާސްކުރި ކުރުމާއި ގުޅިގެން ސަރުކާރުގެ ވާދަވެރީން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.
އެއީ މީޑިއާގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމަށް އެޅި ހުރަހެއް ކަމަށް ބުނެ ސިޔާސީ މަންފާ ހޯދުމަށް ވާދަވެރީން ދަނީ އަސާސެއް ނެތް ވާހަކަތައް ފަތުރަމުންނެވެ.
އެކަމަށް ރައްދު ދެއްވާ މަޚްލޫފް ވިދާޅުވީ ރާއްޖޭގައި ބޭނުންވަރަކަށް ފާޑުކިޔޭ ކަމަށާ ވައްކަން ކުރާނަމަ އެވާހަކަތައް ދެއްކޭ ކަމަށެވެ. އަދި ވެރިކަން ކުރާގޮތަށް ވެސް ބަސްބުނެ ނުރަނގަޅު ކަންކަންވެސް ލިޔެވޭ ކަމަށާ ހީވެގެންވެސް އަދި ހަދަހަދައިގެންވެސް ލިޔާ ކަމަށެވެ.
"ދޮގެއްތޯ އަދި ތެދެއްތޯވެސް ޔަގީންނުކޮށް ލިޔެވެ އެވެ. މައްސަލައެއް ނެތެވެ. އެއީ މިއަދު މީޑިއާގެ މިނިވަންކަން އޮތްހިސާބެވެ. އެހާވެސް ފުޅާކޮށް ދީފައިއޮތް ބާރެކެވެ. ތަންމިނަށް އޮތް ހައްގެކެވެ،" މަޚްލޫފްގެ ޕޯސްޓްގައިވެ އެވެ.
ނަމަވެސް، ކޮންމެސް ވަރެއްގެ ހައްދެއް އަދި އިމެއް އޮންނަންވާނެނޫންތޯ މަޚްލޫފް ވަނީ ސުވާލު ކުރައްވާފަ އެވެ. އަދި ވިދާޅުވީ މީހަކު ބުނެގެންވިޔަސް، ޒިނޭގެ ތުހުމަތު އަޅުވާ، ފިލްމެއް ކުޅެ އިންސާނެއްގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީޑިއާއަކަށް އަދި ނޫސްވެރިއަކަށްވެސް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.
"އެކަމުން ނިގުޅައިގަނެވެނީ އަނެކާގެ ހައްގެވެ. އެއީ ޒިންމާދާރު ނޫސްވެރިކަމެއް ނޫނެވެ. އެއީ ރަނގަޅު ގޮތެއްވެސްނޫނެވެ. ފުންކޮށް ނޭވާއެއްލާފަ ވިސްނާލާށެވެ،" މަޚްލޫފް ލިޔުއްވާފައިވެ އެވެ.