ENGLISH

28 އޭޕްރީލު 2026

Advertisement

ފަސާދަކުރަމުންދާ މީހުންނަށް ދައުވާކޮށް ހައްގު އަދަބު ދެވެންޖެހޭ: ޝަކީލް

28 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް

ހަގީގީ ނޫސްވެރިކަން ކުރާ ނޫސްވެރިންނަށް ދޭންޖެހޭ އިހުތިރާމަށްޓަކާވެސް މިފަދަ މީހުންނަށް ދައުވާ ކުރެވި ހައްގު އަދަބު ދެވެން ޖެހޭ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަކީލް ވިދާޅުވީ މިއަދުގެ މުޖުތަމައުގައި ނޫސްވެރިންގެ ފާހުގެ ނިވަލުގައި ތިބެގެން ގައުމު ފަސާދަކުރަމުންދާ ބަޔަކު މަދުން ނަމަވެސް އުޅޭ ކަމަކީ އަޅުގަނޑުމެން ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ.

އަދި ވިދާޅުވީ ނޫސްވެރިކަމުގެ ނަމުގައި ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އާ ދެކޮޅަށް ޒާތީވަމުންގޮސް އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓި މުޅި ދުނިޔެ ކުރިމަތީގައި އަމިއްލައަށް ހޭވި ހަޑިއަށްފަހު ވި އިއުތިރާފަށް ނޫސްވެރިކަމެކޭ ނުކިޔޭނެ. ކަމަށެވެ.

ޝަކީލް އެ އިޝާރާތް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއް އާންމުކޮށް އެ ވީޑިއޯއަށް މާބޮޑު ސަމާލު ކަމެއް ނުލިބުމުން އެ ވީޑިއޯގެ ވާހަކަ, އެ ވީޑިއޯ އުފެއްދި އިދާރާގެ ނޫސްވެރީން އިއްޔެ ރައީސް މުޢިއްޒުއާ ސުވާލުތަކެއް ކުރިމަތިކުރި ކުރުމަށެވެ. އެ ސުވާލުތައް ކުރަމުން ނޫސްވެރިޔާ ވަނީ އެއީ މީހަކު ދެއްކި ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމުގެ އެއްވެސް ހަގީގަތެއް ބެލުމެއް ނެތި ހަދާފައިވާ ވީޑިއޯއެއް ކަމަށް އަމިއްލައަށް އިއުތިރާފުވެސް ވެފަ އެވެ.

ޝަކީލް ވަނީ ހަގީގީ ނޫސްވެރިކަން ކުރާ ނޫސްވެރިންނަށް ދޭންޖެހޭ އިހުތިރާމަށްޓަކާވެސް މިފަދަ މީހުންނަށް ދައުވާ ކުރެވި ހައްގު އަދަބު ދެވެންޖެހޭ ކަމުގައި ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު