ENGLISH

28 އޭޕްރީލު 2026

Advertisement

މާރިޔާގެ ހޫނު ރައްދެއް: ބަޣާވާތުގެ މީހުން ތިބީ ސޯލިހް ފަޅީގައި، މީކާއީލަކީ ކުޑަކުއްޖެއް

28 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މާރިޔާ އަހްމަދު ދީދީ --

އެމްޑީޕީގެ ސަރުކާރު ވައްޓާލުމުގެ ހިއްސާއޮތް ގިނަ ބަޔަކު ތިބީ މީކާއީލްގެ ޓީމުގައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، މީކާއީލަށް ވަރަށް ބޮޑަށް ރައްދު ދެއްވާ ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އައުމަށް މަސައްކަތް ކުރައްވާ ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓާލުމުގައި ހިއްސާކޮށް ގިނަ ބަޔަކު ތިބީ މީކާއީލާ އެކު ކަމަށެވެ.

އަދި ވެރިކަން ވައްޓާލުމަށް ފަހު މީކާއީލްގެ ޓީމުން މިއަދު މަސައްކަތް ކުރަނީ އެމްޑީޕީ ޖަހައިގަންނަން ކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި އެކަން ކުރަނީ މީކާއީލް ކަހަލަ "ކުޑަކުއްޖަކު" ބޭރަށް ދައްކައިގެން ކަމަށް ވިދާޅުވި އެވެ.

"މިހާރު އެ ދަނީ ޕާޓީ ޖަހައިގަންނަން. ބައްލަވާ އަޅުގަނޑުމެންގެ ވެރިކަން ޖަހައިގެން މިހާރު އެ ދަނީ ޕާޓީ ޖަހައިގަންނަން. ކުޑަކުޑަ ކުއްޖެއް ބައިންދައިގެން އެކަން ކުރުމަށްޓަކައި މަސައްކަތް ކުރަމުންދަނީ،" މާރިޔާ ދީދީ ވިދާޅުވި އެވެ.

މާރިޔާ ވަނީ މީކާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް އަޔަސް ޕާޓީގައި ދެމި ހުންނާނެ ކަމަށް މީކާއީލް ވިދާޅުވެފައިވާތީ އެކަމަށް ރަައްދު ދެއްވާ މާރިޔާ ވިދާޅުވީ މީކާއީލް އެމްޑީޕީން ވަކިވިޔަސް އޭނާގެ ފަހަތުން ދާނެ ބަޔަކު ނުތިބޭނެ ކަމަށެވެ. އަދި މީކާއީލް ހުރީ ވަރަށް ބޮޑަށް އޮޅިފައި ކަމަށް ވިދާޅުވި އެވެ.

މީކާއީލްގެ ފަހަތުން ދިޔަސް ދާނީ އެމްޑީޕީ އޮފީހުގައި އުޅޭ މީހެއް އެކަނި ކަމަށް ވެސް ވިދާޅުވި އެވެ. މާރިޔާ އެ އިޝާރާތް ކުރަނީ މީކާއީލްގެ މަންމަ، މަންދީ ޒުބައިރަށެވެ.

"ހާދަ އޮޅިފައޭ މީނައަށް މިހުރީ. ތެދެއް ފަހަރެއްގައި އެއް ބޭފުޅަކު ވަޑައިގެންފާނެ. ޕާޓީގެ އޮފީހުގައި އުޅުއްވާ ބޭފުޅެއް. އެނޫން ބޭފުޅަކު ވަޑައިގަންނަވާ ތަނެއް އަޅުގަނޑަކަށް ނުފެނޭ،" މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ފެކްޝަނުން ދަނީ ވަރުގަދައަށް ކެމްޕެއިން ހިންގަމުންނެވެ. އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު ތުހުމަތުތައް ދަނީ އަޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު