ENGLISH
29 އޭޕްރީލު 2026
ނޫސްވެރިކަމުގެ އަހުލާގު ފަހަނައެޅުމުން ދޮގު މައުލޫމާތު އާއްމުވެ، މުޖުތަމަައުގެ ހަމަޖެހުން ނެތިގެންދޭ: ނައިބުރައީސް
28 އޭޕްރީލު 2026
|
ނައިބުރައީސް މުހައްމަދު ހުސައިން ލަތީފު
އެންމެ މަޤްބޫލު
ނޫސްްވެރިކަމުގެ އަހުލާގީ މިންގަނޑުތައް ފަހަނައަޅައި ދޮގު މައުލޫމާތު އާއްމުވެއްޖެނަމަ މުޖުތަމައުގައި އޮންނަ ހަމަޖެހުން ނެތިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
މިފަދައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އޮންލައިން ނޫސްް "އަދަދު"އިން އާއްމުކުރި ވީޑިޔޯއެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ޤަޛުފުކޮށް އެމަނިކުފާނުގެ އިސްތަަށިފުޅުގައި ބޮޑެތި ޖިނާއީ ތުހުމަތުތަކެއް އެޅުވި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުން ފެށުމާ ގުޅިގެން މީސްމީޑިޔާގައި ބޮޑެތި ބަހުސްތަކެއް ކުރިއަށްދާތީ އެކަމަށް އިޝާރާތްކުރައްވައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
ނައިބުރައީސް ވިދާޅުވީ އަހުލާގީ ނޫސްވެރިކަމުން މައުލޫމާތުގެ ފެންވަރު ކަށަވަރުކޮށް، ޖަވާބުދާރީވުމާއި ދެފުށްފެންނަ އުސޫލުތައް ކުރިއެރުވުމާއެކު ޑިމޮކްރެޓިކް އުސޫލުތަކާއި މަބްދައުތައް ކޮންމެހެން ނަގަހައްޓަންޖެހޭ ކަމަަށެވެ. އަދި އަހުލާގީ އުސޫލުތައް ފަހަނައަޅައިދިއުމުން ނިކުންނަނީ ނުރަނގަޅު ނަތީޖާތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އަހުލާގީ ހަމަތައް ފަހަނައަޅައި ނޫސްވެރިކަން ދިއުމުން، ދޮގުމައުލޫމާތު އާއްމުވެ، ގެއްލުން އިތުރުވެ، ތެދުވެރިކަމާއެކު ސައްހަ ހަބަރުތަކާއި މައުލޫމާތު ގެނެސްދިނުމަށް ނޫސްވެރިކަމުގެ މައްޗަށް ބަރޯސާވާ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އާއްމުވެގެންދާ ކަމަށެވެ.
އެމަނިކުފާނުވަނީ ނޫސްވެރިންނަށް މުހިއްމު އިލްތިމާސެއް ކުރައްވާފައެވެ. އެގޮތުން ނައިބުރައީސް އެދިވަޑައިގަތީ މައުލޫމާތު ފެތުރުމުގައި އިތުރަށް ޒިންމާދާރުވުމާއެކު، ނޫސްވެރިކަމުގެ އަސާސީ އުސޫލުތަކުގައި ގަދައަށް ހިފަހައްޓައިގެން މަސައްކަތްކުރުމަށެވެ.