ENGLISH
29 އޭޕްރީލު 2026
އެމްޑީޕީއާ ޕީއެެންއެފްގެ ހަރަކާތްތައް ޤާނޫނީ އިމުން ބޭރަށް، އީސީގެ ސިޓީއެއް
28 އޭޕްރީލު 2026
|
އެންމެ މަޤްބޫލު
އިދިކޮޅު އެމްޑީޕީއާ ޕީއެެންއެފްގެ ހަރަކާތްތައް ޤާނޫނީ އިމުން ބޭރަށް ގޮސް އެ ދެ ޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސާއި ނަސޭހަތުގެ ސިޓީއެއް ފޮނުވައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް އިން މިހާރު މާލޭގައި ސިލްސިލާކޮށް ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކުގައި ޢާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ވާހަކަ ދައްކައި، ޢާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް، ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ޙަރަކާތްތައް ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އަދި ޤާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް ކުރިއަށް ގެންދިޔުން އެދި އިލެކްޝަންސް ކޮމިޝަނުން ސިޓީއެއް އެ ޕާޓީތަކަށް ފޮނުވާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ފޮނުވާފައިވާ ސިޓީގައި ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތައް ހިންގަންވާނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަމަށް ވުމުން، މި ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ހިންގަމުންދާ ޙަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގާފައިވެ އެވެ.
ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށާއި އަދި ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި ޢާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ ޢާންމު ބައްދަލުވުންތަކާއި، ޙަރަކާތްތައް ނުބޭއްވުމަށް އިލްތިމާސްކޮށް ނަސޭޙަތްތެރިވެ، ޤާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށް ގެންދާ ސިޔާސީ ޙަރަކާތްތަކަށް ކޮމިޝަނުން މަރުޚަބާ ކިޔާނެކަން ވެސް ވަނީ އަންގާފަ އެވެ.
އެމްޑީޕީއާ ޕީއެންއެފުން ކޮންމެ ރެއަކު ދަނީ މަގުމަތީގައި އިޙްތިޖާޖުކޮށް އަޑުގަދަ ކުރަމުންނެވެ. މި އިޙްތިޖާޖުތަކުގައި ހުތުރު ބަސްތައް ބޭނުންކުރުމާއި ހުތުރު ވާހަކަ ދެއްކުން ވަނީ އާންމުވެފަ އެވެ. އެކަމުގެ ސަބަބުން އެ އިޙްތިޖާޖުތަކުގައި ބައިވެރިވާ މީހުންގެ އަދަދު ރެއަކުން ރެއަކަށް ދަނީ މަދުވަމުންނެވެ.