ENGLISH

29 އޭޕްރީލު 2026

Advertisement

ހޮނު އެޅުމުގެ ސަބަބުން ކަރަންޓް ކެނޑެނީ، އެހީތެރިކަން ބޭނުންނަމަ 1545 އަށް ގުޅާ

29 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

މިރޭ ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ހޮނު އެޅި -- ފޮޓޯ: ޝެއިޚް ޒަމްޒަމް

މިރޭ ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ (ELCB) ޓްރިޕްވެ ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން މިރޭ ބުނެފި އެވެ.

މާލެ ސަރަޙައްދަށް މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. މިރޭ ވަނީ މާލެ ސަރަޙައްދަށް ވަރަށް ބާރަށް ގުގުރުމާއެކު ވިދާފަ އެވެ. ބައެއް ސަރަޙައްދުތަކަށް ހޮނުވެސް އެޅި އެވެ.

ހުޅުމާލޭގެ އެކި ސަރަޙައްދުތަކަށް ހޮނު އެޅި އެވެ.

ސްޓެލްކޯ އިން ބުނީ މިރޭ ކުރަމުންދާ ވިއްސާރައިގައި ގުގުރައި ހޮނު އެޅުމުގެ ސަބަބުން، ބައެއް ގޭގޭގެ އީ.އެލް.ސީ.ބީ (ELCB) ޓްރިޕްވެ ކަރަންޓު ކެނޑެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ހާލަތެއް މެދުވެރިވެ ކަރަންޓު ހިނގައްޖެނަމަ، ގޭ ތެރޭގެ ނުވަތަ އެޕާޓްމަންޓުގެ ޑީ-ބޯޑު ޗެކްކޮށް އީ.އެލް.ސީ.ބީ ވެއްޓިފައިވާނަމަ އަލުން ނަންގައި ކަރަންޓު ދިނުމަށް މަސައްކަތް ކުރުމަށް ވަނީ އެދިފަ އެވެ.

އެހެން ނަމަވެސް، އީ.އެލް.ސީ.ބީ ރިސެޓްކުރުމަށް ފަހު ނަގާ ވަގުތު އަލުން ވެއްޓޭނަމަ، ނުވަތަ ކަރަންޓު ނުލިބޭނަމަ ސްޓެލްކޯގެ ހޮޓްލައިން 1545 އަށް ގުޅައި ރިޕޯޓް ކުރުމަށް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު