ENGLISH
29 އޭޕްރީލު 2026
އުޒްބަކިސްތާނުން ދޭ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
28 އޭޕްރީލު 2026
|
އުޒްބަކިސްތާނުން ދޭ ސްކޮލަރޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުން-- ފޮޓޯ: އުނިވަރސިޓީ އޮފް ސެންޓްރަލް އޭޝިއާ
އެންމެ މަޤްބޫލު
އުޒްބަކިސްތާން ސަރުކާރުގެ ފަރާތުން އިސްލާމިކް ވޯލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އައިސީއީއެސްސީއޯ) މެދުވެރިކޮށް ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް, ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ހަޔަރ އެޑިއުކޭޝަން އިން ބުނީ، މިޕްރޮގްރާމްގެ ހުރިހާ ހަރަދެއް ސްކޮލަރޝިޕް ދޭ ފަރާތުން ހަމަޖައްސައިދޭނެ ކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން ދެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވެ އެވެ. އެއީ ޓަޝްކެންޓް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީގައި ފުރިހަމަކުރާ ބެޗްލަރސް އޮފް ޖެނެރަލް މެޑިސިން ކޯހާއި، ސެންޓަރަލް އޭޝިއަން ގްރީން ޔުނިވަރސިޓީގައި ހިންގާ އެންވަޔަރަމެންޓަލް އެންޑް ސަސްޓެއިނަބަލް މެނޭޖްމެންޓް، އެންވަޔަރަމެންޓް އެންޑް އިކޮނޮމިކްސް، އަދި އިކޮލޮޖީ އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާތަކެވެ.
މި ސްކޮލަރޝިޕްތަކަށް ބައިވެރިން ހޮވުމުގެ ހުރިހާ މަސައްކަތްތައް ކުރަނީ ސްކޮލަރޝިޕް ދޫކުރާ ފަރާތުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އައިސީއީއެސްސީއޯގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މެއި 15، 2026 ވާ ހުކުރު ދުވަހެވެ.
މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ކޯސްތަކަށް ހޮވޭ ފަރާތްތަކުން ފޯމު ފުރުމުގެ ކުރިން އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކޯހެއްކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ. އަދި ހާއްސަކޮށް މެޑިސިން ފަދަ ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް ބޭނުންވާ ދާއިރާތަކުން ކިޔަވާ ދަރިވަރުން، އެ ކޯހަކީ ކަމާބެހޭ ކައުންސިލްތަކުން (މިސާލަކަށް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް) ގަބޫލުކުރާ މަރުކަޒެއްގައި ހިންގާ ކޯހެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
މި ސްކޮލަރޝިޕާ ގުޅޭ އިތުރު މައުލޫމާތު އައިސީއީއެސްސީއޯގެ ވެބްސައިޓުންނާއި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެ އެވެ.