ENGLISH
30 އޭޕްރީލު 2026
ގައުމުގައި ޤާނޫނު ނުހިނގަންޏާ މަޖިލިސް އޮތުމުގެ ބޭނުމެއް ނެތް: ޝުޖާއު
28 އޭޕްރީލު 2026
|
ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު
އެންމެ މަޤްބޫލު
ގައުމުގައި ޤާނޫނު ނުހިނގާނަމަ ރައްޔިތުންގެ މަޖިލިސް އޮތުމުގެ ބޭނުމެއް ނެތްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މެމްބަރު މިފަދައިން ވިދާޅުވީ އަތޮޅު ކައުންސިލުތައް އުވާލުން ބާތިލުކޮށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރައްވަމުން ނެވެ.
ފެހި ގާނޫނު އަސާސީގައި ބަޔާންވެފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނީ މި ސަރުކާރުންކަމަށް ޝުޖާއު ވިދާޅުވި އެވެ. އެހެން ނަމަވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކުގެ ބޭނުންވެސް ކުރަންޖެހޭނީ ވަކި އިމެއްގެ ތެރެއިންކަމަށާއި ހިތު ހުރި ވާހަކައެއް އެއްވެސް ބަޔަކު ދައްކައިގެން ނުވާނޭކަމަށް މެމްބަރު ވިދާޅުވި އެވެ.
އެ ހައްގުތަކުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރެވިގެންދާއިރު އެކަމާ ދެކޮޅަށް މިނިވަން މުއައްސަސާތަކުން ބަހެއް ނުބުނެ ހިމޭނުން އޮންނާތީ އެކަމަށް ޝުޖާއު ވަނީ ފާޑު ވިދާޅުވެފަ އެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވިގެންދާއިރު އެކަން ރަސްމީ ސިފައެއްގައި ހުށަނޭޅިޔަސް މިނިވަން މުއައްސަސާތަކުން އެކަން ބެލުމަކީ ގާނޫނޫ އަސާސީން އެ މުއައްސަސާތަކާ ޒިންމާކޮށްފައިވާ މަސްއޫލިއްޔަތެއްކަމަށް މެމްބަރު ވިދާޅުވި އެވެ.
"ވެރިންގެ އަބުރު ކަތިލަނީ. މިނިވަން ކޮމިޝަންތައް ނިދާފައި. ހިތުހުރި ވާހަކައެއް ދައްކަންވީ. ވަގަށް ގޮވަންވީ. އަބުރު ކަތިލަންވީ. ހަގީގަތާ ހިލާފް ވާހަކަ ފަތުރައިގެން އެ މީޑިއާއެއްގެ މައްސަލައެއް ބަލަންދާއިރަށް އެވީ އެ ބައެއްގެ ހައްގު އެ ގެއްލުނީ.އެ އަރައިގަތީ މިނިވަންކަމަށް. މިވަރުން ކިހިނެތް ދައުލަތް ހިންގަނީ؟،". ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މިނިވަން މުއައްސަސާތަކުން ޒިންމާދާރުވެ، ގައުމުގައި އަމަންއަމާންކަން ގާއިމުކޮށްދީ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެންވީ ވަގުތަކީ މިއީ ކަމަށެވެ.