ENGLISH

20 އޭޕްރީލު 2025

Advertisement

ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރަސްގެފާނާއި ބޮޑުވަޒީރަށް، ރައީސުލްޖުމްހޫރިއްޔާ އަރިސްކުރައްވައިފި

17 ޑިސެމްބަރު 2024

|

ހަސަން އާމިރު

ބޫޓާންގެ ބޮޑުވަޒީރު ޝެރިންގ ތޮބްގޭއާ ރައީސުލްޖުމްހޫރިއްްޔާ ބައްދަލު ކުރައްވަނީ. --ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސާރް ނަމްގްޔެލް ވަންގޗުކް އާއި ބޮޑުވަޒީރު ޝެރިންގ ތޮބްގޭއަށް ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުތަކުގައި ވަނީ، މި މުހިންމު މުނާސަބަތުގައި، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި ރަސްގެފާނާއި ބޮޑުވަޒީރާއި ބޫޓާންގެ ސަރުކާރާއި ރައްޔިތުންނަށް ހޫނު މަރުޙަބާއެއް ވިދާޅުވެ، ހިތުގެ އެންމެ ފުންމިނުން ތަހުނިޔާ އަރިސްކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަސްގެފާނާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، ބޫޓާނުގެ ރައްޔިތުންނަށް ތަރައްޤީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.

ބޫޓާންގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހެވެ. ދިވެހިރާއްޖެއާއި ބޫޓާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 ޖުލައި 1984 ގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ 'އެކްސް' އެކައުންޓުން ވެސް އެމަނިކުފާނު ވަނީ ބޫޓާންގެ ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު