ENGLISH
20 އޭޕްރީލު 2025
އޭސީސީގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
17 ޑިސެމްބަރު 2024
|
އެންޓި ކޮރަޕްޝަން ކޮމިޝަން - ފޮޓޯ: ގޫގުލް
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައި 8 ޑިސެންބަރު 2024 ގައި ކޮށްފައިވާ އިޢުލާނު ވަނީ ބާޠިލުކޮށްފައެވެ.
އޭސީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވަނީ މިއަދުން ފެށިގެން 31 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރުކަމުން އިސްތިއުފާ ދެއްވާފައި ވަނީ ކޮމިޝަންގެ ނައިބު ރައީސް އަބްދުލްސަލާމާއި މެމްބަރު ތޯހާ މުހައްމަދެވެ. ދެ މެންބަރުން އިސްތިއުފާ ދެއްވީ ނުފޫޒު ފޯރުވުމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވި، އެ ދެ މެންބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށެވެ.
އޭސީސީގެ ގާނޫނަށް ގެނައި އިޞްލާޙުގެ ދަށުން، ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ އުސޫލަށް ވަނީ ބަދަލުގެނެވިފައެވެ. މި އިސްލާހުގައިވާ ގޮތުން، ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ޢައްޔަނުކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.