ENGLISH

27 އޭޕްރީލު 2026

Advertisement

އާދަމް ޝަރީފާއި، ޠާރިޤު އަދި ދިޔާނާ އައްޔަނުކުރެވެނީ އައު މަޤާމުތަކަކަށް ނޫން: ތަރުޖަމާނު

27 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވާހަކަދައްކަވަނީ. / ފޮޓޯ: ޕީއެސްއެމް

ކުރީގެ ވަޒީރުން ކަމުގައިވާ އާދަމް ޝަރީފް ޢުމަރާއި ޠާރިޤު އިބްރާހީމްގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު އައްޔަނުކުރެވެނީ އައު މަޤާމުތަކަކަށް ނޫން ކަމަށާއި، ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފާއި، ޠާރިޤު އިބްރާހީމް، އަދި ފާޠިމަތު ދިޔާނާ ފޮރިން މިނިސްޓްރީގެ މަގާމުތަކަށް ގެންނަން އައު މަގާމުތަކެއް އުފެއްދި ކަމަށް ބުނެ ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކާ ގުޅިގެން ނެރުއްވި ބަޔާނުގައި ތަރުޖަމާނު ވިދާޅުވީ މި ތިން ބޭފުޅުން ވެސް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްކަމުގެ މަޤާމަށް އައްޔަނުކުރައްވާފައިވާ ކަމަށެވެ. 

"އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް ޢައްޔަނު ކުރެވެނީ ހުސްވެފައިވާ ސަފީރުންގެ މަޤާމުތަކަށް ޢައްޔަނު ކުރެއްވުމަށް ކަނޑައެޅިފައިވާ ބޭފުޅުންނެވެ. އެއީ އަލަށް އުފައްދަވާ މަޤާމުތަކެއް ނޫނެވެ. ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ، ހުރިހާ ފަރާތްތަކެއްގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދަންނަވާލަމެވެ." ތަރުޖަމާނު ވިދާޅުވިއެވެ. 

ޔޫއޭއީގެ ސަފީރުކަމާއި އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމުގެ އިތުރުން ބެލްޖިއަމްގެ ސަފީރުގެ މަގާމު ހިމެނޭހެން ބައެއް ޤައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ މަގާމުތައް މިވަގުތު ހުސްވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު