ENGLISH
27 އޭޕްރީލު 2026
ބޭހުގެ މައްސަލަ މަޝްވަރާކުރަން ކުންފުނިތައް އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަނީ
27 އޭޕްރީލު 2026
|
އެސްއޯއީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ މަޖިލިސް އިދާރާ.
އެންމެ މަޤްބޫލު
ރާއްޖޭގެ ބާޒާރުން ބޭސް ލިބުމުގައި ހުރި ދަތިތަކާއި ބޭހުގެ އަގު ބޮޑުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، މިކަމާ ގުޅޭ ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް (އެސްއޯއީ) ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމައިފި އެވެ.
މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެސްޓީއޯއާއި ސަރުކާރުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) ގެ އިސް ވެރިން ކޮމިޓީއަަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
މިއަދު ކުރިއަށްދިޔަ އެސްއޯއީ ކޮމީޓީގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ މަޖިލިސް އިދާރާ
ނާޒިމު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭސް ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި އެކަމަށް އަވަސް ހައްލެއް ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ.
މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ހާޒިރުކުރާ މުއައްސަސާތައް:
- އެސްޓީއޯ
- ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
- އެންސްޕާ
- އާސަންދަ ކުންފުނި
މިއަދު ކުރިއަށްދިޔަ އެސްއޯއީ ކޮމީޓީގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ؛ މަޖިލިސް އިދާރާ.
މެމްބަރު ނާޒިމުގެ މި ހުށަހެޅުއްވުމާ އެއްގޮތަށް މައްސަލަ އިތުރަށް ދިރާސާ ކުރުމަށްޓަކައި އަންނަ މަހުގެ ފަސް ވަނަ ދުވަހު މި މުއައްސަސާތަކުގެ އިސް ވެރިން ކޮމިޓީއަށް ހާޒިރުކުރުމަށް އެސްއޯއީ ކޮމިޓީން ވަނީ ނިންމާފަ އެވެ.
އަދި ރައްޔިތުންނާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި މުއައްސަސާތަކުން ޖަވާބުދާރީވާގޮތް ރައްޔިތުންނަށް ހާމަކުރުމުގެ މަގުސަދުގައި މި ކޮމިޓީ ބައްދަލުވުން ލައިވް ކޮށް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމާފަ އެވެ.
ADS BY: STOމިއަދު ބޭއްވި އެސްއޯއީ ކޮމެޓީގެ ބައްދަލުވުމުގައި، މި މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ އެސްޓީއޯ އާއި އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް ކުންފުނީގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފައެވެ.ކޮމެޓީގެ މެންބަރުން ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަސާސީ ބޭސްތައް ލިބުމުގައި ބޮޑެތި ދަތިތަކެއް އެބަހުއްޓެވެ. އަދި ބޭސް ސިޓީއަށް ބޭސް ހޯދުމަށް ފަސް ހަ ފާމަސީއަށް ދާންޖެހުމާއި، ބައެއް ބޭސްތަކުގެ އަގު އިންތިހާއަށް ބޮޑުވެފައިވާ މައްސަލަ މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުން އުފުލަމުންދާ ތަކްލީފުތަކަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް މެންބަރުން ވިދާޅުވިއެވެ.
މި މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ކޮމެޓީން ނިންމީ އަންނަ މެއި މަހުގެ ފަސް ދުވަހު ކަމާއި ބެހޭ ފަރާތްތައް ކޮމެޓީއަށް ހާޒިރުކުރުމަށެވެ.