ENGLISH
27 އޭޕްރީލު 2026
ބިދޭސީންތަކެއް ބަލައިފާސްކޮށް 8 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި
27 އޭޕްރީލު 2026
|
އިމިގްރޭޝަނުން ބިދޭސީން ބަލައި ފާސްކުރުމުގެ ތެރެއިން. ފޮޓޯ: އިމިގްރޭޝަން
އެންމެ މަޤްބޫލު
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން ހުޅުމާލެ ފޭސް 2 އަކުން 19 ބިދޭސީން ބަލައި ފާސްކޮށް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު 19 ބީދޭސީން ބަލައި ފާސްކޮށް، 8 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ.
މި މައްސަލަތަކާއި ގުޅިގެން ބަންދުކުރެވޭ ފަރާތްތައް އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.