ENGLISH

27 އޭޕްރީލު 2026

Advertisement

ހަފްތާއެއް ތެރޭ ފުލުހުން މާލެ ސަރަޙައްދުން 5253 ތަން ބަލައިފާސްކޮށްފި

27 އޭޕްރީލު 2026

|

ފާތުމަތު އަދާ

ޝަހީދު ހުސައިން އާދަމް ބިލްޑިންގް-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ދިވެހި ފުލުހުންގެ ހިދުމަތުން އެޕްރީލް 19 އިން 25 އަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނަލް މަސައްކަތްތަކުގެ  ތަފާސްހިސާބު މިއަދު އާންމުކޮށްފިއެވެ.

މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާލެ ސަރަހައްދުގެ އަމާންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ހާއްސަ އިސްކަމެއް ދީގެން ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.

ފްރޮންޓްލައިން ޕޮލިސިންގ، މާލޭގެ ހެންވޭރު، ގަލޮޅު އަދި މާފަންނު ހިމެނޭހެން ފުލުހުން ވަނީ 5253 ތަނެއް ބަލައި ފާސްކޮށްފައެވެ. މި ސަރަހައްދުން 160 ހާދިސާއެއް ރިޕޯޓުކޮށްފައިވާއިރު، 21 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. 

ހުޅުމާލެ އަދި ތިލަމާލެ ސަރަހައްދުން އެންމެ ގިނަ ހަރަކާތްތައް ރެކޯޑުކުރެވިފައިވަނީ ހުޅުމާލޭގައެވެ. އެގޮތުން ފޭސް 1 އަދި ފޭސް 2 ހިމެނޭހެން 5,878 ތަނެއް ބަލައި، 162 ހާދިސާއަކަށް އެޓެންޑްވެ، 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ހިމެނޭ ތިލަމާލެ ޑިވިޜަނުން 2,479 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.

‎މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެފިކް ޕޮލިހުން ކުރި މަސައްކަތުގެ ތެރެއިން 77 ހާދިސާއެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންތަކުގައި 1,804 ތަނެއް ބަލައި ފާސްކޮށް، 27 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. މިއީ މިދިޔަ ހަފްތާގައި އެއް ދާއިރާއަކުން އެންމެ ގިނަ މީހުން ހައްޔަރުކުރި ދާއިރާއެވެ.

ކިޔުންތެރިންގެ ހިޔާލު