ENGLISH

27 އޭޕްރީލު 2026

Advertisement

ގޮންޖެހުން ހުއްޓަސް، އަމާޒަކީ އޮގަސްޓް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރުޓީއެލްގެ ހިދުމަތް ފެށުން: ރައީސް

27 އޭޕްރީލު 2026

|

ހަނާން އަހުމަދު ނައީމް

ރައިސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން

އަމާޒަކީ ހިދުމަތް ފުޅާކުރުމަށް ހުރި ދަތިތަށް ހައްލުކޮށް، އަމާޒަކީ އޮގަސްޓް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ފެށުން ކަމަށް މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އާރުޓީއެލްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު، މިހާރު އެ ޚިދުމަތް ނުފެށި އޮތީ ހަތަރު އަތޮޅުގަ އެވެ. އެހެންނަމަވެސް މިހާރު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި ހިދުމަތް ފެށުމުގެ މަސައްކަތްކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެންމެ އަވަަހަށް ޕޭކުރެވޭނެ ގޮތަކަށް ނުވަތަ އޮން-ޓައިމް ޕޭކުރެވޭނަމަ މިއަށްވުރެ އަވަހަށް ނިމިފައި ހުންނާނީ. އެހެންނަމަވެސް މިހާރު އޮތް ހިސާބުން އިތުރު އެއްވެސް ގޮންޖެހުމެއް ނައިސް ކުރިއަށްދާނެ އެއްވެސް ހުއްޓުމެއް ނެތި. ކުރިއަށް އޮތް ތިނެއް ނޫނީ ހަތަރު މަސް. އެންމެ ލަސްވެގެން އޮގަސްޓު މަހާ ހަމައަށް މިބަލަނީ ބާކީ ހުރި އަތޮޅެއް ކަވަރކޮށްލެވޭނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފައިސާ ދެއްކުމުގައި ދަތިތަކެއް ދިމާ ނުވާނަމަ މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ހިދުމަތް ފެށިފައި ހުންނާނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ބާރުމިނުގައި ހުއްޓުމެއް ނެތި ކުރިއަށްދާނަމަ އޮގަސްޓް މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިހާރު އާރުޓީއެލްގެ ހިދުމަތް ނުފެށި ވަނީ، މ. އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ. އެންމެ ފަހުން އާރުޓީއެލްގެ ޚިދުމަތް ފެށީ، މިދިޔަ މަހު ލ. އަތޮޅުގައެވެ. 

ކިޔުންތެރިންގެ ހިޔާލު