ENGLISH
20 އޭޕްރީލު 2025
ވެރިކަމުގެ ފަހު ދުވަހާ ޖެހެންދެން ވެސް އެމްޑީޕީން ރައްޔިތުންނަށް ކުރީ ޖެއްސުން: އެމްޕީ ޝަރީފް
17 ޑިސެމްބަރު 2024
|
އެމްޕީ ޝަރީފް އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި
ވެރިކަމުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ވެސް އެމްޑީޕީން ދިޔައީ، ސީދާ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި އެތައް ކަމެށް ކުރަމުން ކަމަށް ރައްޔިރުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އެމްޑީޕީ އަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނީމަ ވެސް ވެރިކަމުގެ އެންމެ ފަހު ދުވަހާ ޖެހެންދެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް، ޖުމްލަ ގޮތެއްގައި މުޅި ދިވެހި ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނިޔަތުގައި އެމްޑީޕީން އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ.
"ރައްޔިތުން ނިންމި ނިންމުމަށް އިޙްތިރާމްކޮށް އެއިންތިޚާބުވި ވެރިޔަކު ބުނާގޮތަށް ކީއްވެތޯ ބަޖެޓް ނަހަދަދޭންވީ؟ އެ ހުރިހާ ކަމަކަށް އާއެކޭ ބުނެފައި، ހަމަ ސީދާ ދިމާ އިދިކޮޅަށް، މުޅިއެތި އޮޅުވާލާފައި، މި ސަރުކާރަށް އެ ބަޖެޓުން އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ބަޖެޓްގެ ކަންކަން ނިންމާފައި ފައިބައިގެން ދިޔައީ" - އެމްޕީ ޝަރީފް
އެމްޑީޕީއިން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި އެއްވެސް ކަހަލަ ރޭވުންތެރި ކަމެއް ނެތި، ކުރެވޭނެ ގޮތެއް ވެސް ނެތި އެތަކެއް ޕޮރޮޖެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އަދި އޭރު ޕޮރޮޖެކްޓްތަކުގައި ސޮއިކޮށް އުޅުނު ގޮތުގެ މިސާލެއް ވެސް ވަނީ ދައްކަވާފައެވެ.
"މިސާލަކަށް އެތަނުގަަަ ހުރިމީހަކު މި ބުނަނީ، މިތަނުން އެންމެ ގިނައިން ވޯޓު ލިބޭނީ ސެޓެލައިޓެއް ގާއިމު ކުރީމައޭ، ނުވަތަ ބޮޑު ބަނދަރެއް ހެދީމައޭ، ނޫނީ އެއާޕޯޓެއް އެޅީމައޭ. ސުބްހާނަﷲ، ކޮންމެ ތާކުން ޕޭޕަރެއް ހޯދައިގެން ނަމަވެސް އޭގަ ސޮއެކޮށްފައި އޮތީ ބަޖެޓުގައި ހިމަނާފައި" - އެމްޕީ ޝަރީފް
މި ފަހަރުގެ ބަޖެޓް ހަދާފައިވަނީ ޕްރޮޖެކްޓްތައް ހިންގުމުގައި އެއްވެސް ކަހަލަ އޮޅުވާލުމެއް ނުހިމެނޭހެން،ފަށާ މަސައްކަތެއް ނިމި ރައްޔިތުންނަށް އޭގެ ފޮނި މީރުކަން އެންމެ ފުރިހަމައަށް ލިބޭނެ ގޮތަށް ކަމުގައި ޝަރިީފް ވިދާޅުވިއެވެ. އަދި މި ރާއްޖޭގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ދެން އޮންނާނީ ރައްޔިތުންނަށްް ވެރިކަން ކޮށްދޭ ހެޔޮލަފާ ސަރުކާރެއް ކަމުގެ ޔަގީންކަން ވެސް ޝަރީފް ދެއްވިއެވެ.