ENGLISH

27 އޭޕްރީލު 2026

Advertisement

ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓް ކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ

27 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރ. ރަސްގެތީމު

ހަބަރެއް ނުވެގެން ފުލުހަށް ރިޕޯޓްކުރި މީހަކު، މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ރ. ރަސްގެތީމުގައި އެކަނި ދިރިއުޅެމުންދިޔަ މީހެއްގެ ހަބަރެއް ނުވެ ދެ ދުވަސް ވެފައިވާކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމީހާ ދިރިއުޅޭ ގެއަށް ރޭ 21:53 އެހައިކަންހާއިރު ވަދެ ބެލި އިރު އެމީހާ ނިޔާވެފަ އޮއްވާ ފެނިފައި ވާކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އެ ރަށު ސޯސަންގެ އުމުރުން 55 އަހަރުގެ އިބްރާހީމް ޔޫސުފުފުޅެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، އެމީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއްގެ ނިޝާނެއް ފެނިފައި ނުވާކަމަށެވެ. 

މި ހާދިސާ ފުލުހުންދަނީ ތަހުގީގުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު