ENGLISH
20 އޭޕްރީލު 2025
މިދިޔަ އަހަރެއްހާ ދުވަހު ތަފާތު 88 ހަރަކާތް ވަނީ ބާއްވާފައި: އެމްޑީ ޝިއުރީ
17 ޑިސެމްބަރު 2024
|
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވާހަކަ ދައްކަވަނީ.
މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ ގޮތެއްގައި 88 ތަފާތު ހަރަކާތް ބާއްވާފައިވާ ކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީ ވިދާޅުވީ މި ފަހަރަކީ އަލަށް އައިޓީބީ ޗައިނާގައި ހޯސްޓް ނޭޝަން ގައުމުގެ ގޮތުގައި ރާއްޖެ ބައިވެރިވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި ޑަބްލިއުޓީއެމް އަށް ބަލާލިކަމުގައިވީ ނަމަވެސް އެނގިގެން ދަނީ އެއީ މިހާތަނަށް އެންމެ ބޮޑު ޖާގައެއް ނަގައިގެން މިހާތަނަށް ބައިވެރިވި އެންމެ ބޮޑު ފެއާ ކަމަށެވެ.
"އޭގެ އިތުރުން އަޅުގަނޑުމެންނަށް ފާހަގަކޮށްލެވޭ އަޅުގަނޑުމެން ބޭއްވި ޑޭޓާ ފޯރަމް އެއީ ފުރަތަމަ ފަހަރަށް ގްލޯބަލް ލެވެލްއެއްގައި ކޮމްޕްލީޓްކުރި. އޭގައި މި އައީ ހަމަ ދުނިޔޭގެ ނަން ކިޔާ ހުރިހާ ބޮޑެތި ކުންފުނިތަކެއް. އޭގެތެރޭގައި އޮކްސްފޯޑް އިކޮނޮމިކްސް، ފޯވާޑް ކީސް، މެލްޓް ވޯޓާ، އަދާރާ އެހެން ގޮސް ބައިވަރު މީހުން، އޭގެ ވަރަށް ސްޕެޝަލް މީހުންތަކެއް އައިސްގެން އަޅުގަނޑުމެންގެ އިންޑަސްޓްރީ ޕާޓްނާސްއަށް ހުޅުވާލައިގެން ބޭއްވި އިވެންޓެއް. އޭގެ ވަރަށް ގިނަ މައުލޫމާތު އެބޭފުޅުންނަށް ލިބިގެން އެ ދިޔައީ" އެމްޑީ ޝިއުރީ ވިދާޅުވިއެވެ.
އެގޮތުން ލިބިގެން ދިޔަ މައުލޫމާތުތަކުގެ ތެރޭގައި ޑިސިޝަން ނަގާއިރު ނަގަން ވާނީ ޑޭޓާއަށް ބަލާފައި ކަމަށް ވަރަށް ގިނަ ޕާޓްނަރުންނަށް އަލަށް އެނގިގެން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިއީ ވަރަށް ކަމުދާ ކާމިޔާބު އިވެންޓެއްގެ ގޮތުގައި އެމްޑީ ފާހަގަކުރެއްވިއެވެ.