ENGLISH
20 އޭޕްރީލު 2025
އަލިފާނުގެ ހާދިސާގެ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ފުލުހުންނާ ޙިއްސާކުރުމަށް އެދިއްޖެ
17 ޑިސެމްބަރު 2024
|
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޝާހިން - އެމްއެމް
އަލިފާނުގެ ހާާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އެންވަޔަރްމަންޓް މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. އެކަމާ ގުޅިގެން ފުލުހުން މިއަދު ވިދާޅުވީ، ތިން މިނިސްޓްރީއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގާދިޔަ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންކުރެވިދާނެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މައުލޫމާތު ދެއްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޝުޖާޢު ވަނީ މައްސަލައިގެ ތަހުގީގުގައި ބޭރުގެ ތަޖުރިބާކާރުން ހިމެނޭ ޓީމެއް ވީހާވެސް އަވަހަށް ބައިވެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފައެވެ.