ENGLISH

20 އޭޕްރީލު 2025

Advertisement

މީޑިއާ ކައުންސިލްގެ ރައީސަކަށް ޘަޤީފް

17 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ޙުސައިން ޘަޤީފް - ފޮޓޯ: މީޑިއާ ކައުންސިލް

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސަކަށް ތިލަދުން އޮންލައިނުގެ ޙުސައިން ޘަޤީފް އިއްޔެ އިންތިޚާބުކޮށްފިއެވެ.

މީޑިއާ ކައުންސިލްގެ ރައީސަކު ހޮވަން އިއްޔެ ބޭއްވި އިންތިޚާބުގައި ޘަޤީފްއާ ވާދަކޮށްފައި ވަނީ، "މިހާރު" ނޫހުގެ ޝަނާ މުހައްމަދެވެ.

ދެ މެމްބަރުންގެ މެދުގައި ފުރަތަމަ ވޯޓު ނެގީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެދުވަހު ނެގި ވޯޓުން ދެ މެމްބަރުންވެސް އެއްވަރުވުމުން އިއްޔެ ވަނީ އަލުން ވޯޓު ނަގާފައެވެ. ހޯމަ ދުވަހު ނެގި ވޯޓުން މީޑިއާ ކައުންސިލްގެ ރައީސް އަކަށް ޘަޤީފް ހޮވިފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އިންތިހާބުގައި ޘަޤީފަށް 8 ވޯޓު ލިބުނުއިރު، ޝަނާއަށް ލިބުނީ 7 ވޯޓެވެ. ޘަޤީފް ވަނީ މީގެ ކުރިން އެމްއެމްސީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާފައެވެ.

މީގެއިތުރުން، އެ ކައުންސިލްގެ ނައިބު ރައީސަކު ހޮވަން އާދިއްތަ ދުވަހު ނެގި ވޯޓުގައި ނުވަ ވޯޓުން ކުރިހޯދައިގެން އެ މަގާމަށް އިންތިޚާބުވީ އަމިއްލަ ގޮތުން ކައުންސިލަށް ހޮވުނު އިބްރާހީމް މުޙައްމަދެވެ.

މީޑިޔާ ކައުންސިލް އެކުލެވިގެންވަނީ މީޑިޔާ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި، ޢާންމުންގެ ތެރެއިން އިންތިޚާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.

ކިޔުންތެރިންގެ ހިޔާލު