ENGLISH
23 އޭޕްރީލު 2026
އެފްއައިޔޫގެ ވެރިޔާ ކޮމިޝަނަރ އޮޮފް ޕޮލިސްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
23 އޭޕްރީލު 2026
|
އެފްއައިޔޫގެ ވެރިޔާ ކޮމިޝަނަރ އޮޮފް ޕޮލިސްއާ ބައްދަލު ކުރެއްވުން-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ މުޙައްމަދު އިޝާން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އެމްއެމްއޭ އިން ބުނީ، މި ޒިޔާރަތަކީ އަލަށް އައްޔަންކުރެވުނު ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި ތައާރަފުވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެއް ކަމަށެވެ.
މި ބައްދަލުވުމުގެ ބޭނުމަކީ ދެ މުއައްސަސާ ދެމެދު ގުޅުން ބަދަހިކުރުމާއި، އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުންގެ އިދާރާއިން ބުނެފައިވަނީ، މި ބައްދަލުވުމުގައި ދެ ފަރާތުން ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރެވުނުކަމަށާއި،އަދި ދެ މުއައްސަސާ ދެމެދު މައުލޫމަތު ބަދަލުކުރުން އިތުރަށް ހަރުދަނާކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން ވާހަކަދެކެވިފައިވާ ކަމަށެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ ބަދަލުވަމުން އަންނަ ކުށުގެ މާހައުލާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި، ހާއްސަކޮށް މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ދާއިރާތަކުގައި، ގުޅުންތައް ބަދަހިކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ފާހަގަކުރައްވައިފައިވާ ކަމަށެވެ.