ENGLISH

23 އޭޕްރީލު 2026

Advertisement

ސްވިޒަލެންޑްގެ އެޑްލްވައިސް އެއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

23 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން-- ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސް

މިއަހަރުގެ ހޫނު މޫސުމާ ދިމާކޮށް ސްވިޒަލެންޑްގެ އެޑެލްވައިސް އެއާއިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެމްއޭސީއެލް އިން ބުނީ، އެޑެލްވައިސް އެއާއިން މިހާރުވެސް ރާއްޖެއަށް ކުރަމުން އަންނަ ޝެޑިއުލް ދަތުރުތަކުގެ އިތުރުން، މި އަހަރުގެ ޖުލައި 4 އިން 13 ސެޕްޓެމްބަރުގެ ނިޔަލަށް ކޮންމެ ހަފްތާއެކު ދެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

އިތުރު ދަތުރުތައް ކުރަން ނިންމުމާގުޅިގެން، ހޫނުމޫސުމުގައި އެޑެލްވައިސް އެއާއިން ރާއްޖެއަށް އިތުރު 21 ދަތުރު ކުރާނެ އެވެ.

އެޑެލްވައިސް އެއާއަކީ ސްވިޒަލެންޑްގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ ނޮވެމްބަރ 4، 2000ގަ އެވެ. އެގޮތުން އެ އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ފެށިތާ މިހާރު ވަނީ 25 އަހަރު ވެފަ އެވެ.

ދަތުރުތައް އިތުރުވުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށާއި ވިޔަފާރީގެ މުއާމަލާތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެވެ. މިއީ، ރާއްޖެއަކީ ދުރު ރާސްތާގެ މަންޒިލްތަކުގެ ތެރެއިން މަގުބޫލު މަންޒިލެއްގެ ގޮތުގައި އޮތްކަން ހާމަކޮށްދޭ އަދި ރާއްޖެއަށް އޮތް އިތުބާރު ދައްކުވައިދޭ ބަދަލެއް ކަމަށް ސިނާއަތުގެ އިސްވެރިން ސިފަކުރައްވަ އެވެ.

ކިޔުންތެރިންގެ ހިޔާލު