ENGLISH
23 އޭޕްރީލު 2026
ނ. ވެލިދޫ ސިނާޢީ ސަރަޙައްދުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުމާގާތަށް
23 އޭޕްރީލު 2026
|
ވެލިދޫ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކުރަމުން ދަނީ--ފޮޓޯ:އެމްޓީސީސީ
އެންމެ މަޤްބޫލު
ނ. ވެލިދޫ ސިނާޢީ ސަރަޙައްދުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ 97 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
ވެލިދޫގައި ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
ވެލިދޫ ހިއްކި ސަރަހައްދު ހިމާޔަތްކުރުމަށް ޖިއޯ ބޭގް ޖެހުމުގެ މަސައްކަތް ކުރަމުން ދަނީ--ފޮޓޯ:އެމްޓީސީސީ
ވެލިދޫގެ ހިއްކާ ސަރަޙައްދަކީ އޮޑިދޯނިފަހަރު ބާލާ އެހެލުމަށާއި އަދި ފައިބަރު މަސައްކަތް ކުރުމަށް ޚާއްޞަކޮށް ހިއްކަމުންދާ ސަރަޙައްދެކެވެ.
މި މަޝްރޫޢުގެ ދަށުން، ވެލިދޫގެ 2.7 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 443 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުން ހިމެނެ އެވެ. މި މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ 33.6 މިލިއަން ރުފިޔާއަށެވެ.
ގާތްގަނޑަކަށް 2700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވެލިދޫއަކީ ކައިރި ގިނަ ރަށްރަށުން ގިނަ ޚިދުމަތްތައް ހޯދަން އަންނަ ރަށެކެވެ. ވެލިދޫގައި ކުރިއަށްދާ މި މަޝްރޫޢު ފުރިހަމަވުމާއިއެކު އެ ރަށުގެ ރައްޔިތުންނަށް ޢުމްރާނީ ގޮތުންނާއި، އިޤުތިޞާދީ ގޮތުން ގިނަގުނަ މަންފާތަކެއް ލިބިގެންދާނެ އެވެ.