ENGLISH

22 އޭޕްރީލު 2026

Advertisement

ރީކޯގެ ސުވާލެއް: އެމްޑީޕީގައި އޮންނަނީ އިހު މާލެއަށް ފައިބާން ކުޑަސިޓީ ހައްދާގޮތްތަ؟

22 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ރީކޯ މޫސާ މަނިކު --

އިދިކޮޅު އެމްޑީޕީގައި ކަން އޮންނަ ގޮތަށްް ފާޑު ވިދާޅުވެ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވަރުގަދަ ސުވާލެއް ކުރިމަތި ކޮށްފި އެވެ.

މޫސަ، މި ސުވާލު ކުރިމަތިކުރީ ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙްމަދު، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މަލާމާތުގެ ރައްދެއް ދެއްވުމުން ފަޒްނާއަށް ރައްދު ދެއްވާ ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ މެންބަރު އިމްތިޔާޒް ފަހްމީ ކުރި ޕޯސްޓަކަށް ރައްދު ދެމުންނެވެ.

މޫސަ ވަނީ ރައީސް މައުމޫންގެ ވެރިކަން ބަދަލުކުރަން އެމްޑީޕީން ދެއްކި ވާހަކަތައް ހަނދާންކޮށްދީފަ އެވެ. ރައީސް މައުމޫންގެ ވެރިކަން ދިގުވެގެން ވާހަކަ ދެއްކި މީހުން މިއަދު އެތައް އަހަރެއްވީއިރުވެސް އެމްޑީޕީގެ އިސް މަގާމުތަކުގައި ތިބެން ކުރާ މަސައްކަތަށް މޫސަ ވަނީ ފާޑު ވިދާޅުވެފަ އެވެ.

އޭނާ އެ އިޝާރާތް ކުރަނީ އެމްޑީޕީގެ ޗެއަޕާސަން ކަމަށް އަންނަން ރައީސް ނަޝީދު ކުރައްވާ މަސައްކަތަށެވެ. މީގެ އިތުރުން މޫސަ ވަނީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދާއި އެމަނިކުފާނުގެ ޓީމުން ދަައްކާ ވާހަކަތަކަށް ވެސް ރައްދު ދީފަ އެވެ.

އޭނާ ވިދާޅުވީ ވެރިކަމުގެ ނިޒާމު މިހާރު އޮތްގޮތް ރަނގަޅު ކަމަށް އާބާދީގެ ހަތްދިހަ ދެ ޕަސެންޓް މީހުން ބުނިތާ އަދި ސާޅީސް ނުވާ ކަމަށެވެ. 

މޫސަ ވަނީ އެމްޑީޕީގައި އޮންނަނީ އިހުގައި މާލެއަށް ފައިބާން ކުޑަސިޓީ ހައްދާގޮތްތޯ ސުވާލު ކޮށްފަ އެވެ. އަދި ދެރަ މީހާއަށް ފައިވާނަށް އެރުން މަނާވި ޒަމާން މާޒީވެ ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު