ENGLISH
22 އޭޕްރީލު 2026
ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި
22 އޭޕްރީލު 2026
|
ދިވެހި ފުލުހުންގެ ހިދުމަތް.
އެންމެ މަޤްބޫލު
މީހެއްގެ ސައިކަލެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ށ. މިލަންދޫއިން ދެމީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، މިލަންދޫއަށް ނިސްބަތްވާ، މުހައްމަދު ޒަހުނީ / ކުދިވިނަ (27އ) އާއި އެރަށު މުހައްމަދު ސިނާން / ސިނަމް (24އ) އެވެ.
އެމީހުން ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ވަނީ އެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.
މައުލޫމާތު ލިބޭ ގޮތުން ސައިކަލުގައި ރޯކޮށްލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، މިލަންދޫ އިރުމަތީ ފަރާތުން ރިންގްރޯޑް، ކަނޑޫފާ ސަރަހައްދުންނެވެ.
އެ ދެމީހުންގެ މައްޗަށް ކޮށްފައިވަނީ، މުދަލަށް ގެއްލުންދިނުމާއި ވައްކަންކުރުމާއި މުދަލަކުން ހުއްދަ ނޫން ބޭނުުންކުރުމުގެ ތުހުމަތެވެ.
މުދަލަށް ގެއްލުންދިނުން، ވައްކަންކުރުން އަދި މުދަލަކުން ހުއްދަ ނޫން ބޭނުންކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.