ENGLISH
22 އޭޕްރީލު 2026
ފެން ބިލުގެ ޖޫރިމަނާ ޝަރުތުތަކަކާއެކު މައާފްކޮށްދެން ނިންމައިފި
22 އޭޕްރީލު 2026
|
މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ ވަކި ޝަރުތުތަކާއެކު މައާފްކޮށްދޭން އަނެއްކާވެސް ނިންމައިފިއެވެ.
މިކަމަށް ލުއިދޭނެ ގޮތުގެ އުސޫލު އެމްޑަބްލިއުއެސްސީން ވަނީ ޢާއްމުކޮށްފައެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ކަސްޓަމަރުންނަށް ފެން ބިލްތަކުގެ ފައިސާ ދެއްކުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ ފައިސާ މައާފްކޮށްދިނުމަށް އަނެއްކާވެސް ނިންމަވާފައިވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން އެމް.ޑަބްލިޔު.އެސް.ސީގެ ގޭބިސީތަކުގެ ކަސްޓަމަރުންނާއި ވިޔަފާރި ޓެރިފް ކަސްޓަމަރުންގެ ބިލްތަކަށް، 31 ޑިސެމްބަރ 2025ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދެން ވަނީ ނިންމާފައެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ޖޫރިމަނާ މައާފްކޮށްދެވޭނީ ޖޫރިމަނާ އަރާފައިވާ ތަންތަނުން ބިލްތަކަށް ދައްކަވަންޖެހޭ ޖުމްލަ ފައިސާ 01 އޭޕްރީލް 2026 އިން ފެށިގެން 31 ޑިސެމްބަރ 2026 އާއި ދެމެދު އެއްކޮށް ދައްކަވައި ޚަލާސްކުރާ ކަސްޓަމަރުންނަށް ކަމަށެވެ.
މީގެއިތުރުން، އެއްބަސްވުމެއްގެ ދަށުން ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރަން އެދޭ ކަސްޓަމަރުންނަށް، އެ އިންތިޒާމްވެސް އެމްޑަބްލިއުއެސްސީއިން ހަމަޖައްސައިދޭނެވެ.
މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކަވާ ކަސްޓަމަރުންނަށް ޖޫރިމަނާ މައާފްކޮށްދެވޭނީ، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާ ޚަލާސް ކުރުމުންނެވެ.
މިދިޔަ އަހަރުވެސް ފެން ބިލުން ލުއިތަކެއް ދީފައިވެވާކަން ފާހަގަކޮށްލެވެއެވެ. އޭރުވެސް ކަނޑައެޅި ވަކި އުސޫލެއްގެ ދަށުން، 2024 ވަނަ އަހަރުގެ ޑިސެމްބަރު 1 ގެ ނިޔަލަށް އަރާފައިވާ ޖޫރިމަނާ މައާފްކޮށްދީފައިވެއެވެ.