ENGLISH
22 އޭޕްރީލު 2026
އެމްޑީޕީގެ އެތެރޭގެ ކޯޅުން: ތާއީދު އޮތް ކަމަށް ބުނެ މީކާއީލް ހަދަނީ ދޮގު ކަމަށް ޝާހިދު ވިދާޅުވެއްޖެ
22 އޭޕްރީލު 2026
|
އެމްޑީޕީގެ ހިނގާލުމެއްގައި ޝާހިދު ބައިވެރިވަނީ --
އެންމެ މަޤްބޫލު
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރާ މީކާއީލް އަހްމަދު ނަސީމް، އެމްޑީޕީގެ ރަައީސް އަބްދުالله ޝާހިދުގެ ތާއީދު އޮތީ އޭނާއަށް ކަމަށް ވިދާޅުވެ ދެއްކި ވާހަކަތައް ދޮގު ކުރައްވައިފި އެވެ.
މީކާއީލްގެ ކެމްޕެއިން ލޯންޗު ކުރުމަށް އިއްޔެ އޮތް ބައްދަލްވުމުގައި އޭނާ ވަނީ ޝާހިދުގެ ތާއީދު އޮތް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޝާހިދު މިއަދު ވަނީ އެ ވާހަކަ ދޮގު ކުރައްވާފަ އެވެ.
ޝާހިދު ވިދާޅުވީ މީކާއީލް ހެއްދީ ދޮގެއް ކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ކޮޅެއް ނެގުމަކީ ޤަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ.
"ޕާޓީގެ ރައީސްގެ ޙައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވަކިކޮޅެއް ނެގުމަކީ އަޅުގަނޑު ޤަބޫލުކުރާ އުޞޫލެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރީގެ ރައީސް ނަޝީދާއި މީކާއީލްގެ އިތުރުން ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ކުރިމަތިލާނެ ކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ. ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމު އޮތީ މީކާއީލްގެ ފަހަތުގަ އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި އޭނާގެ ޓީމް އޮތީ ނަޝީދާ އެކު އެވެ.