ENGLISH
20 އޭޕްރީލު 2025
ޖީޑީޕީޕީގެ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ނައިބު ރައީސް ފައްޓަވައިދެއްވައިފި
17 ޑިސެމްބަރު 2024
|
ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓާ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިން ނައިބު ރައީސް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވުން - ފޮޓޯ: ރައީސް އޮފީސް
ގްލޯބަލް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ޕޫލް (ޖީ.ޑީ.ޕީ.ޕީ)ގެ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ފައްޓަވައިދެއްވައި، ޗައިނާ-އިންޑިއަން އޯޝަން ރީޖަން ސެންޓަރ ފޯ މެރިޓައިމް ކޯޕަރޭޝަން އެންޑް ޓްރެއިނިންގ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފިއެވެ.
މި ޓްރެއިން ރަސްމީކޮށް ފައްޓަވައި ދެއްވީ، ޗައިނާގެ ކުންމިންގައި ބޭއްވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުން ނިންމުނުގެ ރަސްމިއްޔާތުގައެވެ.
މި ހަރަކާތުގައި، ބާބޭޑޮސްގެ ސެނެޓުގެ ރައީސް އޮނޮރަބަލް ރެޖިނަލްޑް ފާލީ އާއި ސިޑްކާގެ ޗެއާމަން ލުއޯ ޖާއޮހުއެއި އާއި އައި.އޯ.ސޯ-އެފްރިކާގެ ޗެއާމަން ކުއޮއާޑިއޯ އަފިއާން އަދި ޗައިނާގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސްގެ މިނިސްޓަރުގެ ނައިބު، ސުން ޝޫޝިއާން، ރައީސުލްޖުމްހޫރިއްޔާގެ ނައި ބާއެކު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތަށް ފަހު އެމަނިކުފާނު ވަނީ، ނޭޝަނަލް ކޮމިޓީ އޮފް ދަ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރަންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ޗެއާމަންގެ ނައިބު، ވާންގް ޔޮންގް ދެއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންފައެވެ.