ENGLISH

23 އޭޕްރީލު 2026

Advertisement

ޖަރުމަނުވިލާތުން ރާއްޖެއަށް ބައި ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފި

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް.

އަހަރުގެ މިހާތަނަށް ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި ލައްކަ ފަހަނަ އަޅައިފި އެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް 754,793 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައި ވެއެވެ. ޖަރުމަނުވިލާތް އޮތީ ރާއްޖެއަށް އެންމެ ގިނަައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން ފަސް ވަނައިގަ އެވެ. 

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތައް:

* ޗައިނާ: 109،228 ފަތުރުވެރިން

* ރަޝިއާ: 93،602 ފަތުރުވެރިން

* އިނގިރޭސިވިލާތް: 69،627 ފަތުރުވެރިން

* އިޓަލީވިލާތް: 62،651 ފަތުރުވެރިން

* ޖަރުމަނުވިލާތް: 50،186 ފަތުރުވެރިން

ދެން މި ލިސްޓުގައި ހިމެނެނީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި އޮސްޓްރޭލިއާ އެވެ. 

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން 506،606 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގަ އެވެ. 

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް މިހާރު މަޑުމަޑުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.5 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންވަނީ އަމާޒު ހިފާފައެވެ.

ކިޔުންތެރިންގެ ހިޔާލު