ENGLISH
23 އޭޕްރީލު 2026
ރައީސް ނަޝީދަކީ "ރޫޅާލަން" ވަރަށް ކުޅަދާނަ ބޭފުޅެއް: މެމްބަރު ނަސީރު
22 އޭޕްރީލު 2026
|
އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަޞީރު
އެންމެ މަޤްބޫލު
ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ގައުމުގެ ހަމަޖެހުން ނަގާލައި "ރޫޅާލަން" ވަރަށް ކުޅަދާނަ ބޭފުޅެއްކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.
"އެމްއެމްޓީވީ"ގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އެމްޑީޕީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ ގައުމުގެ ކަންކަން ރަނގަޅު އުސޫލަކުން ކުރިއަށް ގެންދިއުމަށްވުރެ ބޮޑަށް އެމްޑީޕީގެ ލީޑަރޝިޕުގެ ވެރިން މަސައްކަތްކުރަނީ ވެރިކަމަށް އައުމަށް ގައުމު ހަލަބޮލި ކުރަން ކަމަށެވެ.
"ރައީސް ނަޝީދަކީ ވަރަށް ރޫޅަން ކުޅަދާނަ ބޭފުޅެއް. ތިރީސް އަހަރުގެ ވެރިކަމެއް ރޫޅާލި. ފަސް އަހަރުގެ ދައުރަކަށް ވެރިކަމަށް އައުމަށްފަހު އެ ވެރިކަން ވެސް ރޫޅާލި. އެއަށްފަހު ގައުމުގައި ހުޅުޖަހައި ގައުމު ހަލަބޮލި ކޮށްލި. ދެން ފަހުން މިދިޔަ ދައުރު ވެރިކަމަށް އައިސް އެ ވެރިކަން ވެސް ރޫޅާލި. މިފަހަރުވެސް އެ އުޅެނީ އެމްޑީޕީ ރޫޅާލަން،" އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކޮންމެ ރެއަކު މިހާރު ކުރަމުންދާ އިހުތިޖާޖު، ސަރުކާރުން މަޝްވަރާގެ މޭޒު ދޮށަށް އަންނަންދެން ހުއްޓާ ނުލާނެކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވަމުން މެމްބަރު ވިދާޅުވި އެވެ.
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރުކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ މަގުމައްޗަށް ނުކުމެ އެމްޑީޕީން މިއަދު ތިބީ އިގްތިސާދު ހަމަ މަގަށް އަޅުވައި، އަހުލާގު ރަނގަޅު މުޖުތަމައެއް ބިނާކުރަން ސަރުކާރުން ކުރާ މަސައްކަތް "ރޫޅާލުމަށް" ކަމަށެވެ.
އިހުތިޖާޖު ކުރުމުގެ ހައްޖު ކޮންމެ ރައްޔިތަކަށް ލިބިދީފައިވާއިރު އެކަން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން ސުލްހަވެރިކަމާއެކުގައި ކަމަށާއި ފަހަރެއްގައިވެސް މިފަދަ އިހުތިޖާޖުތަކަކީ އާއްމު ރައްޔިތުންނަށް އުނދަގޫވާގޮތަށް ކުރިއަށްގެންދެވޭ ކަންކަމަށް ވެގެން ނުވާނޭކަމަށް މެމްބަރު ވިދާޅުވި އެވެ.