ENGLISH
23 އޭޕްރީލު 2026
އެއާޕޯޓް ޓްރެފިކަށް ވަގުތީ ބަދަލެއް ގެނެސްފި
22 އޭޕްރީލު 2026
|
އެއާޕޯޓްގެ ކަފިހި ހުރަހުގެ ފުރާޅު މަރާމަތުކުރުމަށް އެސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލެއް--
އެންމެ މަޤްބޫލު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކަފިހި ހުރަހުގެ ފުރާޅު މަރާމަތުކުރުމަށް އެސަރަހައްދުގެ ޓްރެފިކަށް ވަގުތީ ބަދަލެއް ގެނެސްފައިވާކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
އެކުންފުނިން ނެރެފައިވާ އިއުލާންގައި ބުނެފައިވަނީ، އެއާޕޯޓު ޓާމިނަލް 2 ގެ ކަފިހި ހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށްޓަކައި، މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ދަންވަރު 12 އިން ފަތިހު 5 އަށް އެ ސަރަހައްދު ބަންދު ކުރާނެކަމަށެވެ. އެހެންކަމުން އެ ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާކަމަށެވެ.
މަސައްކަތް ކުރިއަށްދާވަގުތު ޓްރެފިކަށް ގެންނަ ބަދަލުތައް:
ޓެކްސީ: ޑޮމެސްޓިކް ޓާމިނަލުން ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ، ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓް 1 އަދި ގޭޓް 2 އަށެވެ. އަދި މިވަގުތުތަކުގައި ޓާމިނަލް ދޭއްގެ ޓެކްސީ ސްޓޮޕް ބަންދުވާނެއެވެ.
އެމްޓީސީސީ ބަސް: މި ބަސްތައް ފަސިންޖަރުން ބޭލުމަށާއި، ނެގުމަށް މަޑުކުރާނީ ހަމައެކަނީ އެއާޕޯޓްގެ ހުޅަނގު ފަރާތު ސައިކަލް ޕާކިން ބަސް ހުއްޓިއަށެވެ.
އެމްއޭސީއެލް އިންޓާނަލް ބަސް: އިންޓާނަލް ރޫޓް 1 (އޭޓީސީއިން އަންނަ ބަސް) ގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓަށެވެ. އަދި ވޯޓާސަޕްލައިއަށް ދަތުރުކުރާ ބަސްތައް (ރޫޓް2) ފަށާނީ ޓާމިނަލް 2 ކުރިމަތީ ބުރު ކައިރިންނެވެ.
އެމްއޭސީއެލުން ބުނީ މިއީ މަރާމާތު ކުރާ ވަގުތުތަކުގައި ގެންނަ ބަދަލެއްކަމަށާއި، މި ބަދަލާއިއެކު އެއާޕޯޓްގެ އެއްވެސް ބަސް ޝެޑިއުލަކަށް ބަދަލެއް ނާންނާނެކަމަށެވެ. އަދި މި ބަދަލަށް ސަމާލުވުމަށް އެ ކުންފުނިންވަނީ އިލްތިމާސްކޮށްފައެވެ.