ENGLISH
22 އޭޕްރީލު 2026
ގާދިއްފުށީ ބިންހިއްކުމުގެ މަސައްކަތް ބާރު ސްޕީޑްގައި ނިންމައިފި
22 އޭޕްރީލު 2026
|
ތ. ގާދިއްފުށީގެ ބިންހިއްކުމުގެ މަސައްކަތް އެންމެ އަށް ދުވަހުގެ ތެރޭގައި ނިންމާލައިފި
އެންމެ މަޤްބޫލު
ތ. ގާދިއްފުށީގެ ބިންހިއްކުމުގެ މަސައްކަތް އެންމެ އަށް ދުވަހުގެ ތެރޭގައި ނިންމާލައިފިއެވެ.
ގާދިއްފުށީގެ 11 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އަދި އެމަސައްކަތް ނިންމާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، ގާދިއްފުށިން 11 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިންއެއްވެސް ވަނީ ހަދާފައެވެ.
ގާދިއްފުއްޓަކީ ތ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ބިންކުޑަ ރަށެކެވެ.
މި މަޝްރޫޢުގެ ސަބަބުން ގާދިއްފުށީގެ ރައްޔިތުންނަށް ބިމުގެ ދަތިކަމަށް ހައްލެއް ލިބި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.