ENGLISH

22 އޭޕްރީލު 2026

Advertisement

ރާއްޖޭގެ 58 ރަށުގައި މުޅިން އަލަށް އައުޓްޑޯ ޖިމް ގާއިމްކުރަނީ

22 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ފެލިދޫގައި ގާއިމްކުރެވިފައިވާ އައުޓްޑޯ ޖިމް-- ފޮޓޯ: އެމްޓީސީސީ

ދިވެހިރާއްޖޭގެ 58 ރަށެއްގައި މުޅިން އަލަށް އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން      ( އެޗްޑީސީ) އާ ހަވާލުކޮށްފި އެވެ. 

ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އެޗްޑީސީން 71 ރަށެއްގައި އައުޓްޑޯ ޖިމް ތަރައްގީ ކުރުމުގެ މަޝްރޫއުތައް ފަށާފައިވެ އެވެ. އެގޮތުން މުޅިން އަލަށް 58 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަމަޖެހިފައި ވާއިރު، 13 ރަށެއްގައި އައުޓްޑޯ ޖިމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އިކުއިޕްމަންޓް ހަރުކުުރުމަށް ތައްޔާރުވެފައިވާ 13 ރަށް:

  • ހއ. ހޯރަފުށި
  • ށ. މާއުނގޫދޫ
  • ށ. ބިލެއްފަހި
  • ށ. ގޮއިދޫ
  • ރ. ދުވާފަރު
  • ބ. މާޅޮސް
  • ބ. ހިތާދޫ
  • އދ. ދިގުރަށް
  • އދ. މާމިގިލި
  • ފ. މަގޫދޫ
  • ދ. ކުޑަހުވަދޫ
  • ތ. ވަންދޫ
  • ގއ. ވިލިގިލި

ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ 8 ރަށް:

  • އދ. ހަންޏާމީދޫ
  • ބ. ދަރަވަންދޫ
  • ހދ. ހަނިމާދޫ
  • ހދ. ނައިވާދޫ
  • އދ. ކުނބުރުދޫ
  • އއ. ފެރިދޫ
  • ހދ. ނެއްލައިދޫ
  • ރ. ރަސްމާދޫ

އެޗްޑީސީ އިން ބުނީ، ރާއްޖޭގެ އިތުރު ރަށްރަށުގެ އައުޓްޑޯ ޖިމްތައް ގާއިމްކުރުމަށްޓަކައި މިހާރު ކުރެހުން ފާސްކުރެވި މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު