ENGLISH

22 އޭޕްރީލު 2026

Advertisement

މޮރޮކޯގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

22 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

މޮރޮކޯގައި ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން-- ފޮޓޯ: ޕީއެސްއެމް

މި އަހަރު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު  ހުޅުވާލައިފި އެވެ.

މޮރޮކޯގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިއަރުގެ އޮގަސްޓްމަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖެއަށް ބައިވެރިވުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދައުވަތު ލިބިފައިވަނީ މައިގަނޑު ދެ ކެޓަގަރީއަކުން ކަމަށެވެ. އެ މަރުކަޒުން ބުނީ ކޮންމެ ކެޓަގަރީއަކުން ބައިވެރިކުރާނީ އެންމެ ފަރާތެއް ކަމަށެވެ.

ޝަރުތުތައް: 

  • ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.
  • ދިވެހި ރައްޔިތަކަށްވުން.
  • ކުރީގައި މި މުބާރާތުގައި ބައިވެރިވެ 1ވަނަ ލިބިފައިވާ ފަރާތަކަށް ނުވުން.

ކެޓަގަރީތައް: 

  • މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 9ވަނަ ފޮތާއި 10ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައި
  •  ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތާއި ބައި ފޮތް) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި

އިއުލާނުގައި ބުނެފައިވަނީ މި މުބާރަތުގައި ދެ ޖިންސުގެ ބައިވެރިންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. މުބާރާތަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އިމްތިހާނެއް ބޭއްވުމަށް އެ މަރުކަޒުން ނިންމާފައިވެ އެވެ. 

މުބާރާތަށް ހޮވޭ ބައިވެރިޔަކީ އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއްނަމަ، ނުވަތަ އަންހެން ބައިވެރިއެއް ނަމަ، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްނަމަ، އެ ބައިވެރިޔަކާއެކު އެއް ބެލެނިވެރިއަކު ދިއުމުގެ އިންތިޒާމް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެ ކަމަށްވެސް އެ މަރުކަޒުން ބުނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މެއި މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެ މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް އެދިފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު