ENGLISH

22 އޭޕްރީލު 2026

Advertisement

ނާޒިމްގެ ބަދަލުގައި 241 ކޮމިޓީއަށް ހަމަދު، މާލިއްޔަތު ކޮމިޓީއަށް ޒަމީރު

22 އޭޕްރީލު 2026

|

އައިމިނަތު ޝަފާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީއަށް ގެނައި ބަދަލުތައް އިއުލާނުކޮށްފި އެވެ. 

މަޖިލިހުގެ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމް ވަކިކޮށްފައި ވަނީ އެކަމަށް އޭނާ އެދިވަޑައިގަތުމުން އިއްޔެ އެވެ. 

މަޖިލިހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ 241 ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ހަމަދު އަބްދުﷲ ހަމަޖައްސާފައިވާކަމަށާއި މާލިއްޔަތު ކޮމިޓީއަށް ނާޒިމްގެ ބަދަލުގައި މައްޗަންގޮޅި މެދު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަމީރު ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ކޮމިޓީއަށް ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު މަމްދޫހްގެ ބަދަލުގައި އެ ކޮމިޓީއަށް ނާޒިމް ވަނީ ހަމަޖައްސައިފަ އެވެ.

ނާޒިމް އަކީ ދައުލަތުގެ ކުންފުނިތަކާ ގުޅޭ ކަންކަން ބަލާ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ ވެސް މެމްބަރެކެވެ. 

ކިޔުންތެރިންގެ ހިޔާލު