ENGLISH

22 އޭޕްރީލު 2026

Advertisement

މުސާރައިގެ އޮނިގަނޑުގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް އެބަކުރަން: ޕޭ ކޮމިޝަން

22 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ޕޭ ފްރޭމްވޯކްގައި ހުރި މައްސަލަތައް ހައްލު ކުރަނީ-- ފޮޓޯ: މޯލްޑިވްސް ވޮއިސް

ޕޭ ފްރޭމްވަރކަށް ހިޖުރަކުރި މުއައްސަސާތަކަށް ދެނެގަނެވުނު މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ނޭޝަނަލް ޕޭކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ، ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން، ޕޭ ފްރޭމްވަރކަށް މިހާތަނަށް ހިޖުރަކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ސިވިލް ސަރވިސް އާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިވަނީ ނޮވެމްބަރ 1، 2025ގަ އެވެ. އޭގެ ފަހުން ދައުލަތުގެ އިތުރު ހަ މުއައްސަސާއެއް މި އޮނިގަނޑަށް ބަދަލުކޮށް ނިމުމާ އެކު، މިހާރު ޖުމްލަ 93 އިންސައްތަ މުއައްސަސާ ވަނީ މި ފްރޭމްވަރކާ ގުޅިފައިކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

މިހާރު ޕޭ ފްރޭމްވަރކަށް ހިޖުރަކޮށްފައިވާ އިދާރާތަކުގައި ހުރި ކަންބޮޑުވުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށް ޕޭ ކޮމިޝަނުން ބުންޏެވެ. މިގޮތުން، ޕޭ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށް، އެކަންތައްތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

ނޭޝަނަލް ޕޭ ކޮމިޝަން އިތުރަށް ބުނީ، ބާކީ ހުރި މުއައްސަސާތައް ޕޭ ފްރޭމްވަރކަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ބާކީ ހުރި މުއައްސަސާތައް މި އޮނިގަނޑަށް ބަދަލުކުރުމަށްޓަކައި ވާންޖެހޭ ފަންނީ ތައްޔާރީތަކުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު