ENGLISH

22 އޭޕްރީލު 2026

Advertisement

ހއ. ދިއްދޫ ވޮލީ ކޯޓުގެ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށް

22 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

ދިއްދޫ ވޮލީ ކޯޓުގެ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ހއ. ދިއްދޫގައި ތަރައްޤީކުރާ ވޯލީ ކޯޓުގެ ފެންސް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވަލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހު އެވެ. 

މި ސަރުކާރުން އަންނަނީ ދިއްދޫގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެތޮތުން ދަރިވަރުންގެ ދަނާލު އިމާރާތް ކުރުމާއި، އިންޓަރނޭޝަނަލް ފުޓްބޯޅަ ސްޓޭޑިއަމްއެއް ތަރައްޤީކުރުމާއި، ފުލުހުންގެ އެކޮމެޑޭޝަން ބްލޮކްއެއް އިމާާރާތްކުރުމުގެ އިތުރުން އަތޮޅު ހޮސްޕިޓަލްގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ދިއްދޫ ވޮލީ ކޯޓުގެ ފެންސް ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ

ސަރުކާރުން ދިއްދޫ ތަރައްޤީކުރުމަށް ބޭނުންވާ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ވަނީ 50 ދުވަސްތެރޭ ހިއްކާ ނިންމާލާފަ އެވެ. މީގެ އިތުރުން އެރަށު ފުޓްސެލް ދަނޑުވެސް ނިންމާ މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.

ކުޅިވަރުގެ ދާއިރާއަކީ އަދުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެކެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުޅިވަރުގެ ތަރައްޤީ ގެނެސްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ގެންދަވަނީ ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް އެކި ރަށްތަކުގައި ހިންގަވަމުންނެވެ.

ދިއްދޫއަކީ ހއ.އަތޮޅުގައި ބޮޑު އާބާދީއެއް އޮންނަ އިގުތިސާދީ ހަރަކާތްތައް ގިނަ ރަށަކެވެ. އެރަށުގައި އަސާސީ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ތަރައްޤީވެގެން ދިއުމުން، އެރަށުގެ ރައްޔިތުންނަށް ރަށުގައި ގާއިމްވެތިބެގެން ހިދުމަތްތައް ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު