ENGLISH

22 އޭޕްރީލު 2026

Advertisement

މަތިވެރީ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލު: ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ކުރަނީ

22 އޭޕްރީލު 2026

|

އާމިނަތު ނުޒްލާ

މަތިވެރީގައި އިމާރާތް ކުރާ 12 ކްލާސް ރޫމް އަދި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

އއ. މަތިވެރީ ސްކޫލްގައި ތަރައްޤީކުރާ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މީގެ އިތުރުން ފުރަތަމަ ފަންގިފިލާގައި ސިމިންތި ޖެހުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔާރޑް) ޑީ.ސީ.ޕީ އަޙްމަދު ސައުދީ އެވެ. އަދި މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އެވެ.

މަތިވެރީގައި އިމާރާތް ކުރާ 12 ކްލާސް ރޫމް އަދި މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

އ.އ މަތިވެރި ސްކޫލްގައި މިހާރު 11 ކްލާސްރޫމް ހުރިއިރު، މި ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް އަންނަނީ ކިޔަވައިދެމުންނެވެ.

މަތިވެރީގައި އިމާރާތްކުރާ ހަ ކްލާސް ރޫމް އާއި މަލްޓިޕާޕަސް ހޯލު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ޚިދުމަތް ދޭން ފެށުމާއެކު، އެރަށުގައި ކިޔަވަމުންދާ ދަރިވަރުންގެ އިތުރުން އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ނުފެށި ނުވަތަ ހުއްޓިފައިވެ އެވެ. އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއ،ި ޚާއްސަ އިރުޝާދުގެ ދަށުން މިފަދަ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު